ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުން 50 ލެކްޗަރ ޗެއަރ ބޭނުންވެގެން ކުރެވުނު ނަންބަރު 53/IUL)MUH-01/1/2015) އިޢުލާނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
1- 50 ލެކްޗަރ ޗެއަރ ސަޕްލައިކޮށްދިނުން
މަޢުލޫމާތު ސާފުކުރެއްވުން |
08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި |
މި ސްކޫލުން 2016 ވަނަ އަހަރަށް ސްޕޯޓްސް ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށާއި 2016 ވަނަ އަހަރަށް ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 54/IUL)MUH-01/1/2015) އިޢުލާނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
2- 2016 ވަނަ އަހަރަށް މި ސްކޫލުގެ ސްޕޯޓްސް ޔުނިފޯމު ފަހައިދިނުން
މަޢުލޫމާތު ސާފުކުރެއްވުން |
08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:30 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:30 ގައި |
3- 2016 ވަނަ އަހަރަށް މި ސްކޫލުގެ ކެންޓީނު ބަލަހައްޓައި ހިންގައިދިނުން
މަޢުލޫމާތު ސާފުކުރެއްވުން |
08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގައި |
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.