ދިވެހިރާއްޖެ
- މޮޑެރޭޓަރ، ބޭނުންވާ އަދަދު: 1
- މާކަރ، ބޭނުންވާ އަދަދު: 2
އިމްތިޙާން ކަރުދާސް އެކުލެވިގެންވާ ބައިތައް:
1. ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ބޭނުންވާ ޢާންމު މަޢުލޫމާތާއި، މުޢާމަލާތް ކުރުމުގެ ހުނަރާއި މުއާޞަލާތު ކުރުމުގެ ހުނަރު
2. އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ ލިޔުންތެރިކަމުގެ ހުނަރު
މޮޑެރޭޓަރުންނާއި މާކަރުން ހޮވުމުގައި މާކްސް ދެވޭނެ ކަންތައްތައް:
- ތަޢުލީމީ ފެންވަރު (ދިވެހިބަސް): %50
- ޕޭޕަރު މާކް ކުރުމުގެ ތަޖުރިބާ: %50
- މޮޑެރޭޓަރުން ހޮވުމުގައި ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާންކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އުޖޫރަ:
- މާކަރުން: މާކް ކުރާ ކޮންމެ ޕޭޕަރަކަށް -/40 ރުފިޔާ
- މޮޑެރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހޮވޭ ފަރާތަށް -/40 ރުފިޔާގެ އިތުރުން -/1000 ރުފިޔާ ދެވޭނެއެވެ.
ޕޭޕަރު މާކްކުރުން އޮންނާނީ 7 ޑިސެންބަރު 2015 އިން ފެށިގެން 2 ހަފުތާގެ މުއްދަތަށެވެ.
ވީމާ، މި އިމްތިޙާނުގެ އިމްތިޙާންކަރުދާސް މާކްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 07 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. އިމްތިޙާނުގެ މުޤައްރަރާއި ނަމޫނާކަރުދާސް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ލިބެން ހުންނާނެއެވެ. މި ކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ނަންބަރު 3307348/ 3307315/ 3309978 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.