ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު
އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫންގެ 107 ނަންބަރުގައިވާ ގޮތުގެމަތިން މިކައުންސިލްގެ ފަރާތުން ޢާންމުކޮށް ހުޅުވާލައިގެން ފެބުރުވަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުން 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހޯނޑެއްދޫ ކައުންސިލްގެ ޓްރެއިނިންގ ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުމުގައި ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓް އާއި މާލީ ރިޕޯޓް ހުށަހެޅުން އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމަށް ހޯނޑެއްދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ފެބުރުވަރީ 2026
ހޯދާ
