މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުން ބޭރުގައި ދިރިއުޅޭ ރަށުގެ ރަށްވެހިންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ!

    ކ.ގުޅި ރައްވެހިންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ރަށުންބޭރުގައި ދިރިއުޅޭ ފަރާތެއްކަން އަދި ދިރިއުޅެމުންދާ މުއްދަތު ކަނޑައަޅާނީ މި އިދާރާއަށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހުގައެވެ.

ރަށުގައި ދިރިނޫޅޭކަން އަންގައިދިނުމަށް ހުށަހެޅިދާނެ ލިޔެކިއުން:

1. ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން (މިލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން) އަދި ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނު) ތަސްދީޤުކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން (މިލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން)

2. ދިރިއުޅޭ ރަށުގެ ތަޢުލީމީ މަރުކަޒަކުން ތަޢުލީމު ޙާސިލުކޮށްފައިވާކަން އެނގޭނެ ލިޔުން

3. ދައުލަތުގެ އިދާރާއަކުން އެއިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކުގެ މަޢުލޫމާތުން، އެރަށެއްގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް

4. ދިރިއުޅޭރަށުގައި ދިރިއުޅޭކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، އެމީހަކު އެރަށެއްގައި  ދިރިއުޅެފައިވާގޭގެ ވެރިފަރާތުން ދީފައިވާ، މި އިޢުލާނާއިއެކު ގެޒެޓްކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް، ނޮޓޮރައިޒްކޮށް ހުށަހަޅާ އެފިޑެވިޓް

ރަޖިސްޓްރީވާ ފޯމްގެ ލިންކް: https://forms.gle/ireKx5JZRxaWLzzJA

               ވީމާ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަ ކުރެއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2026
ހޯދާ