ދިވެހިރާއްޖެ
އިޢުލާން ނަންބަރު GS-199/IUL-2015/031 ކުރިމަތިލާފައިވަނީ 2 ފަރާތް ކަމަށްވާތީ، މި އިޢުލާން ނަންބަރު GS-199/IUL-2015/031 ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ޕްރީސްކޫލުގެ ދަރިވަރުންނަށް ފާޚާނާއެއް އިމާރާތްކުރުމާބެހޭ:-
މި ސްކޫލުގެ 2016 ވަނަ އަހަރުގެ ދިރާސީއަހަރު ފެށެންވާއިރަށް ޕްރީސްކޫލް ދަރިވަރުންނަށް ފާޚާނާއެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވުމާއެކު، މިމަސައްކަތްތައް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 06 ޑިސެންބަރު 2015 ވާ އާދީއްތަދުވަހުގެ 09:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ބޭއްވޭ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
18 ޞަފަރު 1437