ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ގްރާންޓް ނަންބަރު: TF 019383
ޏ. ފުވައްމުލަކުގެ އިކޯ-ޓޫރިޒަމް ފެސިލިޓީއެއް ޑިޒައިންކޮށް ޓެކްނިކަލް ސަޕޯޓް ދިނުން:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވާރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުސޫލުން ޏ. ފުވައްމުލަކުގެ އިކޯ-ޓޫރިޒަމް ފެސިލިޓީއެއް ޑިޒައިންކޮށް ޓެކްނިކަލް ސަޕޯޓް ދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ފުވައްމުލަކުގެ އިކޯޓޫރިޒަމް ފެސިލިޓީ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ޙިމާޔަތްކުރެވިފައިވާ ބަންޑާރަކިޅި އަދި ދަނޑިމަގިކިޅި ސަރަހައްދުގައި ކަމަށްވުމުން، މިތަން ޑިޒައިން ކުރުމުގައި ރަށުގެ ލޭންޑްޔޫޒް ޕްލޭން އަދި މިސަރަހައްދަށް ތައްޔާރުކުރެވިފައިވާ "ވެޓްލޭންޑް މެނޭޖްމަންޓް ޕްލޭން އަދި އިކޯޓޫރިޒަމް ޕްލޭން" އަށް ރިޢާޔަތްކުރަން ޖެހެއެވެ. މައިގަނޑު މަސައްކަތްތަކަކީ:
- އިކޯ-ޓޫރިޒަމް ފެސިލިޓީ ޤާއިމުކުރުމަށް އިމާރާތްކުރަންޖެހޭ ހުރިހާ އިމާރާތެއް ޑިޒައިންކުރުން
- ފެސިލިޓީގެ އިންޖިނިއަރިންގ ޑިޒައިން އަދި ބީއޯކިއު ތައްޔާރުކުރުން
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:
- އާކިޓެކްޗަރއިން ދަށްވެގެން ބެޗްލަރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން؛
- މަދުވެގެން ހަތަރުއަހަރުގެ ތަޖުރިބާ ލިބިފައިވުން؛
- އޮޓޯ ކެޑް ރަނގަޅަށް ބޭނުންކުރަން އެނގުމާއެކު، ޓޫޑީ އަދި ތްރީޑީކޮށް ކުރަހަން ބޭނުންވާ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގުން؛
- ޓިމްބަރ ސްޓްރަކްޗަރ ޑިޒައިން ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛
- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭ އަދި ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ޤާބިލުކަން ލިބިފައިވާ ފަރާތަކަށްވުން؛
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާޙާއުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑް ބޭންކުގެ ކޮންސަލްޓެންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި މަސައްކަތުގެ މުއްދަތަކީ (56) ފަންސާސްހަދުވަހެވެ.
މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އަދި ގައިޑްލައިންސް މިމިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 17 ވަނަދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 2016 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018415 960+، ފެކްސް: 3018301 960+
އީމެއިލް: [email protected]