ދިވެހިރާއްޖެ
ީލަން ހުށަހެޅުމުގެ ދަޢްވަތު
ކ.ހުރާ ގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އަލަށް ހިއްކާފައިވާ ސަރަހައްދުން 08 ބިން، ގެސްޓްހައުސް އެޅުމަށް 50 އަހަރަށް ކުއްޔަށް ދިނުމަށް މި ކައުންސިލުން ނިންމައިފީމެވެ.
މި ބިންތަކަށް އެދި ހުށައެޅޭނީ ހަމައެކަނި ކ.ހުރާގައި ރައްވެހިވެފައިވާ ފަރާތްތަކަށެވެ. ބިޑް ފޯމެއްގެ އަގަކީ 10,000 (ދިހަހާސް) ރުފިޔާއެވެ. ބިޑާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބިޑް ގަތުމަށް އެދޭ ފޯމް މި އިޢުލާންއާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. ބިޑް ގަތުމަށް އެދޭ ފޯމްތައް ބަލައިގަތުން އަދި ބިޑް ފޯމްތައް ދޫކުރުން 11 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 12:30 ނިޔަލަށް މިކައުންސިލުގެ ރިސެޕްޝަން އިން އަދި މެއިލްގެ ޒަރިއްޔާއިން ލިބެންހުންނާނެއެވެ.
މި ބީލަމާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި، ކ. ހުރާ ކައުންސިލްގެ އިދާރާގެ ހުރަވީ މާލަމުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 24 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބީލަން ހުށަހަޅާ ފޯމު ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، ކ. ހުރާ ކައުންސިލަށް އެޑްރެސްކޮށްފައިވާ ބަންދު ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އިޢުލާނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ބިމަކަށް 1 (އެކެއް) ބީލަމެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާނަމަ ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓަރނީ) އަކާއި ބީލަން ހުށަހަޅާ ފަރާތާއި ބަދަލުގައި ފޮނުއްވާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށަހަޅުއްވަން ވާނެއެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އެހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
