ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާންމަހު އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާ ޙާފިޘުގެ ހުރުން، ކެއުން އަދި ޙާފިޘުންގެ އަންނައުނު ދޮވެ، އިސްތިރިކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ނަންބަރ: IUL)244-ESMSMS/244/2026/4

އިޢުލާން

1447ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުއް ނިބްރާސް މިސްކިތުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާ ޙާފިޘުގެ ހުރުމާއި ކެއުން އަދި  ޙާފިޘުގެ އަންނައުނު ދޮވެ އިސްތިރިކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) 11 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] ، [email protected] އަށް 11 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ 13:00  ގައި ހުށަހެޅުއްވުން އެދެމެވެ. އަދި ސުންގަޑި ހަމަވުމުން ހުށަހަޅާ އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ބަލައި ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 11 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް މި އިދާރާގެ ނަމްބަރު 6500107 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

 

02 ފެބުރުވަރީ 2026
ހޯދާ