ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"އައި.ވީ.އެފް" ގެ ފަރުވާތައް "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް ފޯރުކޮށްދިނުމަށް މުރާޖަޢާ ކުރެވިފައިވާ ދާއިމީ ލިސްޓް އާންމުކުރުމާ ގުޅޭ

އިޢުލާން

"އައި.ވީ.އެފް" ގެ ފަރުވާތައް "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް ފޯރުކޮށްދިނުމަށް މުރާޖަޢާ ކުރެވިފައިވާ ދާއިމީ ލިސްޓް އާންމުކުރުމާ ގުޅޭ

 

"އައި.ވީ.އެފް" ގެ ފަރުވާ "ފަރޓިލިޓީ ކެއަރ ފަންޑް"  މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުގެ ދަށުން މި އެޖެންސީގެ ނަންބަރު (IUL)199-PLS/199/2025/129 އިޢުލާނުގައި ބަޔާންކޮށްފައިވާފަދައިން 20 ޑިސެންބަރު 2025 ގެ ނިޔަލަށް "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް 2025 ވަނަ އަހަރު 'އައި.ވީ.އެފް' ފަރުވާ ގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު އާންމުކުރަމެވެ.   

މިގޮތުން މި އެޖެންސީގެ ނަންބަރު (IUL)199-PLS/199/2026/6 އިޢުލާނުން ފުރަތަމަ ބުރުގައި ފޯމު ހުށަހެޅި ޖުމްލަ 135 ފަރާތްތަކުގެ ތެރެއިން، އިސްވެދެންނެވި އުސޫލުގެ ދަށުން އެހީއަށް ޝަރުތުހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން 37 ފަރާތަށް އެހީ ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 11 ފެބުރުވަރީ 2026 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޓްރީޓްމެންޓް ޕްލޭން ޙިއްސާކުރުމާގުޅޭގޮތުން މި އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމުގައި ދަންނަވަމެވެ.  

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވެލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

14 ޝަޢުބާން  1447

02 ފެބުރުއަރީ  2026

02 ފެބުރުވަރީ 2026
ހޯދާ