އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީގެ ޢާއްމުތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ގުޅޭ

އިޢުލާން

 

އައްޑޫ ސިޓީގެ ޢާއްމުތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ގުޅޭ.

2026 ވަނައަހަރު ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބާއި،އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން ރަށުތެރޭގައި ހަރުކުރެވޭ ޕޯސްޓަރތަކާއި، ބެނާތައް ދެމުމުގައި މި އިދާރާއިން ކަނޑައަޅާފައިވާ، " އައްޑޫސިޓީގެ އަވައްތަކުގެ މަގުމަތީގައި އިޢުލާނާއި، އިޝްތިހާރު ހަރުކުރުމުގެ އުޞޫލު، (ނަންނަބަރ: 06/2024 ) ގެމަތީނން ޢަމަލުކުރައްވަމުން ގެންދެވުމަށް ހަނދުމަކޮށް އަރުވަމެވެ. މި އުޞޫލާއި ޚިލާފަށް މަގުމަތީގައި ހަރުކުރެވޭ ޕޯސްޓަރ ތަކާއި ބެނާތައް މިއިދާރާއިން ނަގަމުންދާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

14 ޝަޢުބާން  1447

02 ފެބުރުވަރީ 2026

02 ފެބުރުވަރީ 2026
ހޯދާ