ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާންމަހު ތަރާވީހު ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ ހުރުމާއި ކެއުން އަދި ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ. )1 ވަނަ އިޢުލާން)

އިޢުލާން

 

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

1447 ވަނަ އަހަރު ރަމަޟާންމަހު ތަރާވީހު ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ ހުރުމާއި ކެއުން އަދި ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ. )1 ވަނަ އިޢުލާން)

        

1447 ވަނަ އަހަރު ރަމަޟާންމަހު ތަރާވިހު ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ ހުރުމާއި ކެއުން ޒަމާނާއިގުޅޭ ރަގަނޅު ފެންވަރެއްގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި އިމާމު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެށިގެން ކައްދޫއަށް އަދި ކައްދޫންއިން ކުނަހަންދޫއަށްގެނައުމާއި ރަމަޟާންމަސް ނިމުމުން ކުނަހަނއްދޫއިން ކައްދޫއަށް އަދި ކައްދޫއިން މާލެގޮސް މަޑުކުރުމާއި ހަމައަށް ހިމަނައިގެންނެވެ. ފްލައިޓް ޑިލޭވެ، މަޑުކުރަންޖެހިއްޖަނަމަ މަޑުކޮއްލުމަށް ތަނެއް ހަމަޖެއްސުމާއި ކެއިން ބުއިން ހަމަޖައްސާ ދޭންވާނެއެވެ.  

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00ށް، މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަނދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު  9995970 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާނުކުރީމެވެ.

 

 

02 ފެބުރުވަރީ 2026
ހޯދާ