ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2026/02 |
|
ތާރީޚް: |
14 ޝަޢުބާން 1447 |
|
|
02 ފެބުރުވަރީ 2026 |
މުޙައްމަދު ޖަމާލުއްދީން ރަންތާޖު ޤުރުއާން މުބާރާތް 1447
ގދ.ވާދޫ ކައުންސިލުން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް ( މުޙައްމަދު ޖަމާލުއްދީން ރަންތާޖު ޤުރުއާން މުބާރާތް 2026 ) އަންނަ ރަމަޟާން މަހުގެ 17 ވާ ހުކުރު ދުވަހު ( 06 މާރޗް 2026 ) ގައި ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.
ވީމާ،މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށްއެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 26 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވާދޫކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.މިމުއްދަތުގެ ފަހުން ހުށަހަޅާއެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ގދ.ވާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.އަދި މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވެސް ހުންނާނެވެ.
މިމުބާރާތުގެ އެކިއެކި އުމުރުފުރާތަކުންނާއި،ގޮފިތަކުން 1 ވަނަ،2 ވަނަ އަދި 3 ވަނަ އަށް ހޮވޭފަރާތްތަކަށް މިކައުންސިލުން ހަނދާނީ ލިޔުމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް
