ދިވެހިރާއްޖެ
ފައިބަރ ގްލާސް ވޯޓަރ ސްލައިޑެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:
މި އިދާރާއަށް ފައިބަރ ގްލާސް ވޯޓަރ ސްލައިޑެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 19 ޖަނަވަރީ 2026ގައި ކުރެވުނު މި އިދާރާގެ ނަންބަރު (IUL)408-CA/408/2026/6 އިއުލާނަށް އިޖާބަދީ ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އަންދާސީ ހިސާބުތައް ބާތިލްކޮށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
ބީލަން ހުށަހެޅުމުގެ ސުންގަޑި |
12 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި |
|
ބީލަން ހުޅުވުން |
12 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:05 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
13 ޝަޢުބާން 1447
01 ފެބުރުވަރީ 2026
