ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބްރުވަރީ 2026 ގެ ރައްޔިތުންގެ ބައްދަލުވުން

ފެބްރުވަރީ 2026 ގެ ރައްޔިތުންގެ ބައްދަލުވުން

 

     ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (7/2010) ގެ 107 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 12 ފެބްރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ފީއަލީ ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

ބައްދަލުވުމުގެ އެޖެންޑާ:

-          2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ބަޖެޓް ހިއްސާކުރުން.

-          2026  ވަނަ އަހަރުގެ މަސައްކަތު ޕްލޭން.

-          2026  ވަނަ އަހަރުގެ ބަޖެޓް.

-          ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ފުރުޞަތުދިނުން.

 

       ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ފީއަލީގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                13  H  1447 ހ.

01  ފެބްރުވަރީ 2026 މ.

 

 

 

    މުޙައްމަދު ޖަލީލް

   ފީއަލީ ކައުންސިލްގެ ނައިބު ރައީސް

01 ފެބުރުވަރީ 2026
ހޯދާ