ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
24 ފޫޓު ސްޕީޑް ބޯޓަކާއި، ހައިޑްރޯލިކް އެންކަރ ވިންޗެއް ގަންނަން

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުންޏަށް 24 ފޫޓުގެ ސްޕީޑް ބޯޓަކާއި، ހައިޑްރޯލިކް އެންކަރ ވިންޗެއް (Anchor Winch – Hydraulic) ގަންނަން ބޭނުންވެއެވެ.  

ވީމާ، ސްޕީޑް ބޯޓަކާއި ހައިޑްރޯލިކް އެންކަރ ވިންޗް ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 ނޮވެންބަރު 2015
ހޯދާ