ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާންމަހު މިރަށު ހުކުރު މިސްކިތް (މަސްޖިދުލް ސިނާއު) ގައި ހިފްޡުކޮށް ތަރާވީހު ނަމާދު ކުރުމަށް (އިންޑިޔާ) އިން ގެންނަވާ ޙާފިޒަށް 16 ފެބުރުއަރީ 2026 އިން 21 މާރިޗް 2026 ގެ ނިޔަލަށް ހުރުމާއި، ކައްކާ ކާންދިނުމާއި އަދި ދޮވެއިސްތިރި ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި ދުވާލަކަށް (03 ވޭލާއަށް؛ ރޯދަ ވީއްލުން، ތަރާވީސްގަޑި އަދި ހާރުކެއުން) ކާންދޭނެ އަގު އަދި ދޮވެ އިސްތިރިކުރުމަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 08 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކޮންމެ ކަމަކަށް ވަކިވަކިންވެސް އަގު ހުށައެޅިދާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
