މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގައިހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

      މިއޮފީހުގެ ނަންބަރ (IUL)-14-A4/1/2026/1 އަދި (IUL)-14-A4/1/2026/6 އިޢުލާނާ ގުޅިގެން ބޭއްވި ދެނީލަމުގައިވެސް ބައިވެރި އެއްވެސް ފަރާތަކުން މުދާ ނަގާފައިނުވާތީ، އަލުން ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 10 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައި ކަސްޓަމްސް ހެޑްއޮފީސް 03 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.  އަދި ދެފަރާތުން އެއްބަސްވާ އަގަކަށް ނީލަން ނިންމާލުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވަމެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

      ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ   

      ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ. 

      ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 ފެބުރުވަރީ 2026 ވާ އަންގާރަ  ދުވަހުގެ ހެނދުނު 09:00 އަށް ކަސްޓަމްސް ހެޑްއޮފީސް 03 ވަނަ ފަންގިފިލާއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ފެބުރުވަރީ 2026
ހޯދާ