ދިވެހިރާއްޖެ
ދީނީ ސުވާލު މުބާރާތް
މި ކޮމެޓީއާއި ނިދާ އަލް ޙައްޤު ޖަމުއްޔާ ގުޅިގެން 1447 ވަނަ އަހަރުގެ ރަމަޞާން މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދީނީ ކުއިޒް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މަދުވެގެން 3 ބައިވެރިން، ގިނަވެގެން 4 ބައިވެރިން ހިމެނޭ ޓީމު ތަކަށެވެ. މުބާރާތާ ގުޅޭ ތަފްސީލު ހިމެނޭ ދީނީ ސުވާލު މުބާރާތުގެ ގަވާޢިދު މި އިއުލާނާ އެކު ލިބިލައްވާނެއެވެ. މި މުބާރާތުން އެއްވަނަ އަށް ދާ ޓީމަކަށް -/10000 (ދިހަހާސް) ރުފިޔާ އަދި ދެވަނަ އަށް ދާ ޓީމަކަށް -/6000 (ހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
|
މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑި |
10 ފެބްރުއަރީ 2026 |
|
މުބާރާތުގައި ބައިވެރިވުމުގެ ލިންކު |
https://forms.gle/B5U7u5PBRJQ8jM3V6 |
|
އިތުރު މަޢުލޫމާތު މާޢުލޫމާތު ހޯއްދެވުމަށް މެއިލް ކުރައްވާނީ |
wdc@alifushi.gov.mv |
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
10 ޝަޢުބާން 1447
