ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރއެއް އަޅައިދީ އަދި މި ސޮފްޓްވެއަރއާ ގުޅުންހުރި ހުރިހާ ސެޓަޕްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކޯޕަރޭޝަނަށް ސޮފްޓްވެއަރއެއް އަޅައިދީ އަދި މި ސޮފްޓްވެއަރއާ ގުޅުންހުރި ހުރިހާ ސެޓަޕްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކޯޕަރޭޝަންގެ ވިޔަފާރީގެ މުޢާމަލާތްތައް އަދި ހިސާބުތައް ބެލެހެއްޓުމަށް އެކަށޭނަ ސޮފްޓްވެއަރއެއް އަޅައިދީ އަދި މި ސޮފްޓްވެއަރއާ ގުޅުންހުރި އެންމެހައި ސެޓަޕްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ކޯޕަރޭޝަނުން ބޭނުންވާ ސޮފްޓްވެއަރގައި ހުންނަންޖެހޭ މައިގަނޑު މޮޑިއުލްސްތަކަކީ؛

- ފައިނޭންޝަލް މެނޭޖްމަންޓް

- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޕޭރޯލް

- ޕްރޮކިއުމަންޓް އެންޑް އިންވެންޓްރީ މެނޭޖްމަންޓް

- ސޭލްސް އޯޑަރ އެންޑް ކަސްޓަމަރ މެނޭޖްމަންޓް

- ޕްރޮޖެކްޓް މެނޭޖްމަންޓް

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގައި މއ. ޖަންބުގަސްދޮށުގެ (މަޖީދީމަގު) ތިންވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދެއްވުމަށް ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މއ. ޖަންބުގަސްދޮށުގޭގެ ތިންވަނަ ފަންގިފިލާގައެވެ. 11:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3000581 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ