ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ : 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން، މިއަހަރުގެ ފެބުރުއަރީ މަހު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 02 ފެބުރުއަރީ 2026 ވަނަ ދުވަހުގެ ރޭގަނޑު 8:45 ގައި ޕްރީސްކޫލް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
1- 2025 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯރޓާއި މާލީ ރިޕޯރޓް ހިއްސާކުރުން.
2- 2026 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓް ހިއްސާކުރުން.
3- ބ.ދޮންފަނުގެ މަގާއި ގޯޅިތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކާއި، ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ޖޯލިފަތި ފަދަ ތަކެތި ބެހެއްޓުމާ މަގުތައް ބެލެހެއްޓުމާއި ގުޅޭ އުސޫލް ރައްޔިތުންނާއި ހިއްސާކުރުން.
އަދި ދަންނަވަމެވެ. ނިމިދިޔަ އަހަރެކޭ އެއްފަދައިންވެސް މިއަހަރުގެ ބައްދަލުވުމުގައިވެސް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މައުރޫފް ޒާކިރު ބައިވެރިވެޑައިގަންނަވާނެއެވެ. އަދި
މަޖިލިސް މެންބަރު ދެއްވާ އުމްރާދަތުރުގެ ގުރުނެގުން މި ބައްދަލުވުމުގައި ކުރިއަށްދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ( ގުރުނެގުން ކުރިއަށްގެންދާނީ ނިމިދިޔަ އަހަރާއި އަދި 02 ފެބްރުއަރީ 2026 ވަނަ ދުވަހު ބޭއްވޭ ބައްދަލުވުމުގައި ދޫކުރެވޭ ކޫޕަން އެއްކޮށްލައިގެން)
ވީމާ މި ބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
