ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު ވޭޖް ޕޫލަށް މީހުން ހޯދުން.

 

2026  ވަނަ އަހަރަށް އެކުލަވާލާ މިސްކިތު ވޭޖް ޕޫލަށް މީހުން ހޯދުން.

މަޤާމު:

ޕޫލް އިމާމް، ޕޫލް މުދިމު

ބޭނުންވާ ޢަދަދު:

04

މަޤާމުގެ ގިންތި:

ވޭޖް  (1 އަހަރު ދުވަހުގެ މުއްދަތަށް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ކަނޑޫދޫ (ކަނޑޫދޫ މިސްކިތްތައް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      މިސްކިތު އިމާމުން ޗުއްޓީ އާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި ބަންގި ގޮވާ އިމާމުވެ ނަމާދުކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމް

ޝަރުތު

މުސާރަ

ޕޫލް މުދިމު

ރީތިކޮށް ބަންގިގޮވަން އެނގުމާއި، ރީތިކޮށް ޤުރުއާންކިޔަވަން އެނގުން.

ބަންގިގޮވާ އިމާމުވެ ނަމާދުކުރާ ކޮންމެ ވަގުތަކަށް   -/53 (ފަންސާސް ތިނެއް ރުފިޔާ)

ޕޫލް އިމާމް

ދަށްވެގެން އިމާމު ކަމުގެ ސަނަދު ނުވަތަ ދާއިރާއާއިގުޅޭ އެފެންވަރުގެ އެހެން ސަނަދެއް ޙާޞިލްކޮށްފައިވުން.

ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/61 (ފަސްދޮޅަސް އެކެއް ރުފިޔާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ފެބްރުއަރީ 2026 ގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ ފޮނުވާނީ [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780036 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

               10 ޝަޢުބާން 1447

29 ޖަނަވަރީ 2026
ހޯދާ