|
މަޤާމް:
|
ސީނިއަރ ފައިނޭންސް އޮފިސަރ
|
|
މަޤާމް ނަންބަރު:
|
TAT-139
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މަޤާމް ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން
|
|
މުސާރަ، ޢިނާޔަތްތަކާއެކު:
|
- އަސާސީ މުސާރަ: -/8,000ރުފިޔާ
- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/3,200 ރުފިޔާ (އަސާސީ މުސާރައިގެ %40)
- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ
- ސާރވިސް އެލަވެންސް: -/170 (ވަޒީފާއަށް ނިކުންނަ ކޮންމެ ރަސްމީ ދުވަހަކަށް)
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ގުޅޭ ގޮތުން ބަޑޭރި ޕޯޓަލް އަދި ސެޕް ސިސްޓަމް ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މުސާރަދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް މުސާރަ ދިނުން.
- ޕާޗޭސް އޯޑަރއާއި ގުޅޭ ބިލްތަކާއި އެހެނިހެން ބިލްތައް ހަމައަށް ލިބޭތޯ ބެލުމާއި، ބިލްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އޭ.ޕީ މޮޑިއުލްގެ ބިލްތަކަށް ފައިސާ ދެއްކުމަށްފަހު ބިލްތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް، ފައިސާ ލިބެންޖެހޭ ފަރާތަށް އެފައިސާ ލިބޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.
- ބަޖެޓް ކޮންޓްރޯލް ހެދުމާއި ބަޖެޓް ކޮންޓްރޯލްތަކާއި ގުޅިގެން ބަޖެޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ދުވަހުން ދުވަހަށް ބަޖެޓް އައިޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކުރީއަހަރަށް ލަފާކުރާ ބަޖެޓްތައްޔާރުކޮށް ފޮނުވުމާއި، ބަޖެޓުގެ ކޭޝްފްލޯ ތައްޔާރުކޮށް ފޮނުވުން.
- ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުން.
- ފައިނޭންޝިއަލް ރިޕޯޓް ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ބަޖެޓުން ޚަރަދުކުރެވޭ ގޮތުގެ ކޮމްޕެރިޒަން ހެދުމާއި، ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައްދެނެގަނެ އަދި ބަޖެޓަށްލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭކަން ޔަޤީންކުރުން.
- ޓްރައިބިއުނަލްގެ އިންޓާރނަލް ކޮންޓްރޯލް ނިޒާމް ޤާއިމްކުރުމަށް ރަނގަޅު ފައިނޭންޝަލް ސިސްޓަމެއް ޤާއިމްކުރުމަށް ބޭނުންވާ ޕޮލިސީއާއި ޕޮރޮސީޖަރތައް ލިޔުމުގައި އެހީތެރިވެދިނުން.
- ޓްރައިބިއުނަލްގެ މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
- ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި ޕެޓީކޭޝް ފައިސާއާއި ގުޅުންހުރި މަސައްކަތް ކުރުން.
- ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރިއާ ގުޅޭ ހަފްތާ ހިސާބު އަދި މަސްދުވަހުގެ ހިސާބު ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ތައްޔާރުކުރުން.
- ކޮންމެ މަހެއް ނިމުމުން އޯޕެން ޕާރޗޭސް އޯޑަރތައް ސެޕްސިސްޓަމުގެ ތެރެއިން ޗެކްކޮށް އެ ޕާރޗޭސް އޯޑަރތަކާއި ގުޅޭ ގުޑްސް/ސަރވިސް ރިސީވްވެފައިވާކަން ކަށަވަރުކުރުމާއި، އަދި އެމަހެއްގައި ލިބިފައިހުންނަ ބިލްތަކަށް މަހުން މަހަށް ފައިސާދެއްކޭކަން ކަށަވަރުކުރުން.
- ފައިސާއާބެހޭ ކަންތައްތައްކަމުގައި ފާހަގަކުރެވޭ އެހެނިހެން ކަންކަން އެޑްމިނިސްޓްރޭޓަރގެ މަޝްވަރާއާއިއެކު ކުރުން.
- ފައިސާއާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރައްކައުތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.
|
|
މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު
- އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް އާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 7 ނުވަތަ އެއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
- އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް އާއި ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 6 ނުވަތަ އެއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު ފައިނޭންސް އާ ގުޅުންހުރި ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
3. އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް އާއި ގުޅުން ހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއާއި އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، ފައިނޭންސް އާ ގުޅުންހުރި ދާއިރާގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ހުށަހަޅަން ޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް)
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ)
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
- ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)
(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.
(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.
(ނ) ވަޒީފާ އަދާކުރި މުއްދަތު.
(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).
|
|
ޝޯޓް ލިސްޓް ކުރުން
|
މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އަދި އިންޓަރވިއު އޮންނާނީ، 11 ފެބްރުއަރީ 2026 އިން 26 ފެބްރުއަރީ 2026 އާއި ދެމެދެ މި ޓްރައިބިއުނަލުގައެވެ.
|
|
އެހެނިހެން މަޢުލޫމާތު
|
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.
- ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
|