ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިޢުލާނު

މަޤާމް :Court Legal Support Assistant
ބޭނުންވާ އަދަދު :1

އިޢުލާނު

މަޤާމު:

ކޯޓް ލީގަލް ސަޕޯރޓް އެސިސްޓަންޓް

ބޭނުންވާ އަދަދު:

 01    (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް

މުސާރަ:

 -/8،520 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަގާމުގެ އެލަވަންސް: -/2،560 ރުފިޔާ
  • ހާޟިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/70 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/120 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު ކޯޓްގެ މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން އެޅުމާއި، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން މައްސަލަތައް ޝެޑިއުލްކޮށް، މައްސަލަ ހިންގުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން،
  2. މައްސަލަތަކާއި ގުޅިގެން، ކޯޓަށް ޙާޟިރު ކުރަންޖެހޭ މީހުން ދެނެގަތުމާއި، ކޮންމެ ދުވަހަކު ބޭއްވޭ މައްސަލަތަކަށް ވަމުންދާ ގޮތާއި އެޅި ފިޔަވަޅުތަކާއި، ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް، ރެކޯޑު ޝީޓުގައި ދުވަހުން ދުވަހަށް ލިޔުމާއި، ޗިޓާއި އަމުރު، ރައްދުވެފައިވޭތޯ ބަލައި، ނުހިންގޭ މައްސަލަތަކުގެ މަޢުލޫމާތު ފަނޑިޔާރަށް ދެންނެވުމާއި، އަދި ދުވަހުން ދުވަހަށް ބާއްވާ މައްސަލަތަކުގެ ލިޔުންތައް ބެލެހެއްޓުން.
  3. ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުމާއި، މައްސަލަތަކާއި ގުޅިގެން ހާޟިރުކުރަންޖެހޭ ފަރާތް ޙާޟިރުކުރުމަށް ފޮނުވަންޖެހޭ އަމުރު ހެދުމާއި އަމުރު ބަހާ މުވައްޒަފުންނާއި ޙަވާލުކޮށް، މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ކުރިން އަމުރު ރައްދުވެފައިވޭތޯ ދުވަހުން ދުވަހަށް ބަލާ، އެމައުލޫމާތު މެޖިސްޓްރޭޓްއަށް އެންގުން.
  4. ކޯޓުގައި ހިންގޭ ޝަރީޢަތާއި ގުޅިގެން ނަގާފައިވާ ބަޔާންތައް މަހުޟަރުކުރުމާއި މަޙުޟަރު އަޕްޑޭޓްކޮށް ބެލެހެއްޓުން،
  5. ކޯޓުގައި ހިންގާ މުއްދަތު މަޖިލިސްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި ކޯޓުން ނެރެންޖެހޭ ހައްޔަރު، ބަންދު އަދި ބަލާފާސްކުރުމުގެ އަމުރުތައް ނެރުމާ ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން،
  6. ޝަރީޢަތުގެ މަޖިލިސްތައް ތައްޔާރުކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، މައްސަލަތަކުގައި ކޯޓަށް ޙާޟިރުވަނީ އެ މައްސަލައިގެ ޚަޞްމުންކަން ޔަޤީންކުރުމާއި، ޙާޟިރުވާ ފަރާތްތައް ޝަރީޢަތުގެ މަޖިލީހަށް ވެއްދުން،
  7. ކޯޓުގައި ޝަރީޢަތް ހިނގަމުން ދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލީހުގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން،
  8. ކޯޓުން ނިންމާ މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި، ބެލެހެއްޓުން،
  9. ކޯޓަށް ޙާޟިރުވީ ފަރާތްތަކާއި ޙާޟިރު ނުވާ ފަރާތްތައް ފާހަގަކޮށް، ޙާޟިރުނުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިދާރީ މަސައްކަތް ކުރުން،
  10. ކޯޓުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާ ރިވެތި ގޮތުގައި މުޢާމަލާތުކުރުމާއި، ކޯޓަށް ހުށަހެޅޭ ފޯމްތައް ޗެކްކޮށް، ފޯމްތަކުގެ ޞައްޙަކަމާއި ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ފުރިހަމަކަން ކަށަވަރުކޮށް ފޯމު ބަލައިގަތުމާއި، ފޯމުތައް ކަނޑައެޅިފައިވާ ސިސްޓަމްތަކަށް އެންޓަރކުރުން،
  11.  ހުށަހެޅިފައިވާ ޤަޟިއްޔާއާ ގުޅޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުމާއި ހުށަހެޅޭ ޖިނާއީ މައްސަލަތަކާ ގުޅިގެން ކުށުގެ ރިކޯޑް ސާފުކުރުމާ، ޙުކުމް ކުރެވޭ ޤަޟިއްޔާތަކާ ގުޅިގެން ކުރަންޖެހޭ އަންނަނިވި އިދާރީ މަސައްކަތްތައް  ފުރިހަމަކުރުން؛

-    ޚަރަދު ރަސީދާ ދަރަނީގެ ރަސީދު ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން

-    ސާބިތުކުރެވޭ ޚަރަދާ، ދަރަނީގެ މައްސަލަތަކުގެ މަޢުލޫމާތު ފައިސާއާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން؛

-    ޝަރީޢަތްތަކާ ގުޅިގެން އަޕްޑޭޓްކުރަންޖެހޭ ފޮތްތައް އަޕްޑޭޓްކުރުން،

  1. ވަރިކާވެންޏާބެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރަން ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރުން.
  2. ނިމޭ މައްސަލަތަކުގެ ފައިލްތައް އަޕްޑޭޓްކޮށް އެމައްސަލަތަކުގެ ރިކޯޑާއި ތަފާސްހިސާބު ރިޕޯޓްތައް ތައްޔާރުކޮށް ބަލަހައްޓާ، ނިމޭ މައްސަލަތަކުގެ ފައިލްތައް އާކައިވް ކުރުވުން.
  3. ކުށުގެ ރިކޯޑާ، ވަރިކާވެނީގެ ރިކޯޑްތައް އަޕްޑޭޓްކޮށް ބަލަހައްޓައި، އެމަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ޝަރުޢީ އެކިއެކި ލިޔުންތަކަށް އެދޭ ފަރާތްތަކަށް އެލިޔުންތައް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ފޯރުކޮށްދިނުން.
  5. ކޯޓުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ދުވަހުން ދުވަހަށް އަޕްޓޭޑް ކުރުން.
  6. ފައިސާއާ ގުޅޭ އެންމެހާ މަސައްކަތްތައް.
  7. ޝަރީޢަތާ ގުޅިގެން ކުރަންޖެހޭ ފައިސާގެ އެންމެހާ މަސައްކަތްތައް.
  8. ކޯޓަށް ބޭނުންވާ ތަކެއްޗާއި މަރާމާތުތައް ދެނެގަނެ، ކަމާބެހޭ ފަރާތްތަކަށް ޤަވާއިދުން އެންގުމާއި، ވެރިންގެ އިރުޝާދުގެ ދަށުން ކޯޓަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގެ މަސައްކަތް ކުރުން.
  9. ކޯޓުގެ މުވައްޒަފެއް ޙާޟިރުނުވެއްޖެ ހިނދެއްގައި، ކޯޓުން އާންމު ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތަށް ބުރޫ ނާރާގޮތަށް އެމުވައްޒަފެއްގެ މަސައްކަތް ކުރުން.
  10. މީގެ އިތުރުންވެސް އެމުވައްޒަފަކު ލައްވާ ކުރެވިދާނެކަމަށް ޤާނޫނަކުން، ނުވަތަ ޤަވާޢިދަކުން، މަނާނުކުރާ، ރަސްމީ ކޮންމެ މަސައްކަތެއްގެ ތެރެއިން، ކޯޓް ހިންގުމާއި ޙަވާލްވެހުރި ފަރާތްތަކުން ޙަވާލުކުރާ މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 މަޤާމަށް ކަނޑައެޅިފައިވާ އަސާސީ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން؛ ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން؛

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ޝަރީޢަތާއި ޤާނޫނު / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް /  އެކައުންޓިންގ އެންޑް ފައިނޭންސް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސަސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ޝަރީޢަތާއި ޤާނޫނު؛
  2. އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް؛
  3. އެކައުންޓިންގ އެންޑް ފައިނޭންސް؛
  4. މެނޭޖްމަންޓް؛
  5. އިންފޮމޭޝަން ޓެކްނޮލޮޖީ
  6. ހިއުމަން ރިސޯސަސް

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. އެގޮތުން ގާތްކަން ބެލޭނީ..

2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮން ބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު މަޑިފުށީ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި،  ނުވަތަ  އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކޮންޕީޓަންސީ ދާއިރާ

މާރކްސް

އަސާސީ ޝަރުޠު ފުރިހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6780713 އަށެވެ.
  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ފެބުރުވަރީ 2024 ގެ 14:00 ގެ ކުރިން ތ. ބުރުނީ މެޖިސްޓްރޭޓް ކޯޓަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
  • އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   

ޝޯޓް ލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނީ 10 ފެބުރުވަރީ 2026 ން 17 ފެބުރުވަރީ 2026 އަށް މި މުއްދަތުގެ ތެރޭގައި ތ.ބުރުނީ މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6780713) އަށެވެ.
  • އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމައެވެ.

29 ޖަނަވަރީ 2026
ހޯދާ