ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލްގައި ބައުވެފައިހުރި ތަކެތި ނީލަންކިޔުމާ ބެހޭ
މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުން 2026 ފެބްރުވަރީ 7 ވާ ހޮނިހިރު ދުވަހު ހަވީރު 4:20 ގައި މި ސްކޫލް ކުޅޭބިމުގައި އޮންނާނެއެވެ.
މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން 2026 ފެބްރުވަރީ 7 ވާ ހޮނިހިރު ދުވަހު ހަވީރު 4:20 އަށް މި ސްކޫލަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 2 ގަޑިއިރުތެރޭ ތަކެތި ގެންގޮސް، ބިން ސާފުކުރައްވަންވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. އަދި ނީލަމުގައި ނަންގަވާ ތަކެއްޗަށް ފައިސާ ބަލައިގަންނާނީ ބަނޑޭރިޕޭ މެދުވެރިކޮށް ކަމުގައި ހުރިހާބޭފުޅުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
