ދިވެހިރާއްޖެ
އިޢުލާން
|
މާލޭގައި ނުވަތަ ރަށުން ބޭރުގައި އުޅޭކަމުގެ ލިޔުން ހޯދުމަށް ހުށަހެޅުމާއި ގުޅޭ |
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިން/ފުލެޓަށް ކުރިމަތިލުމަށް ޓަކައި އެފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް އާންމުންގެ ތެރެއިން ގިނަ ފަރާތްތަކުން މިކައުންސިލަށް ހުށަހަޅަމުންގެންދާތީ ދަންނަވަމެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމްބަރ: 221-CCS/2026/05 ) 22ޖަނަވަރީ 2026 ) ގެ ސިޓީއިން، ރަށު ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މަޢުލޫމާތު މައްޗަށް ބިނާކޮށް ދޫކުރެވޭ ލިޔުމަކަށް ވާންޖެހޭނެ ކަމަށް އަންގާފައިވެއެވެ.
ވީމާ، މިފަދަ ލިޔުމެއް ކައުންސިލުން ހޯދުމަށް އެދި ހުށަހަޅާނަމަ، އެފަރާތަކީ މާލޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ދިރުއެޅެމުންދާ ފަރާތެއްކަން އަންގައިދޭ ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ދޫކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ ރަސްމީ ލިޔުން ސިޓީއަކާއެކު ހުށަހެޅުމަށް ދަންނަވަމެވެ. އަދި ހުށަހަޅާ ސިޓީގައި އެފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމާއި، އެފަރާތެއް ދިރިއުޅޭ ތަނުގެ މަޢުލޫމާތާއި، ރަށުން ބޭރުގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކުރުމަށްފަހު ސިޓީ ހުށަހެޅުމައް ދަންނަވަމެވެ. މިފަދަ ލިޔުންތަކުގެ ގޮތުގައި ބަލައިގަނެވޭނީ ވަޒީފާ އަދާކުރާކަމުގެ ލިޔުން، ސުކޫލް ލީވިންގ ސެޓްފިކެޓް ފަދަ މިނޫނަސް ކައުންސިލަށް ޤަބޫލުކުރެވޭ ފަދަ ލިޔުންތަކެވެ. އަދި މިހާރު މި ލިޔުން ހޯދުމަށް އެދި ހުށައަޅާފައިވާ ފަރާތްތަކުންވެސް ދެންނެވުނު ލިޔުންތައް މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުމަށް ދަންނަވަމެވެ.
މިގޮތަށް ހުށައަޅަމުން ގެންދާ ފަރާތްތައް، މި ކައުންސިލުން ވަކި ދަފްތަރެއްގައި މި މައުލޫމާތު ރިކޯޑްކުރުމަށްފަހު، އެފަދަ ލިޔުންތައް ދޫކުރަމުން ގެންދާނެއެވެ. އަދި، ހުށަހަޅާ ލިޔުންތަކުން، އެމީހަކު މާލޭގައި ނުވަތަ އެހެން ރަށެއްގައި ދިރުޅޭކަން ކައުންސިލަށް ޔަޤީން ނުކުރެވޭނަމަ އެފަދަ ލިޔުމެއް ދޫކުރެވެން ނެތް ކަމުގައި ދަންނަވަމެވެ.
10 ޝަޢުބާން 1447
29 ޖަނަވަރީ 2026
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް
