މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ

އިޢްލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-415433

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސްކިލް ލެވެލް 2

ސެކްޝަން

ކޯޕަރޭޓް އެފެއާޒް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ / ކ.ހުރާ

މުސާރަ:

މަހަކު 7585.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2275.00 ރުފިޔާ

ހާޟިރީ އެލަވަންސް:

ހާޟިރުވާ ކޮންމެ ދުވަހަކަށް 60.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށު ކައުންސިލްތަކުގެ މާލިއްޔަތު ހިސާބުތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި ކައުންސިލުން ޙަވާލުކޮށްފިނަމަ ކައުންސިލް އިދާރާގެ ތިޖޫރި މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  3. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  4. ފައިސާއާގުޅޭ ގޮތުން އިދާރާގަޔާއި، މާލެއިން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  5. ކޮންމެ އަހަރަކު ކައުންސިލްއިން ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއައްސަސާތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވަށް ސްޕަވައިޒަރަށް އެހީތެރިވުމާއި ނުވަތަ މިމަސައްކަތް ކުރުން.
  6. ކައުންސިލް އިދާރާގެ ބަޖެޓާބެހޭ އެންމެހާ ކަންތައްތައް މުވައްޡަފުން ލައްވާ ކުރުވުމާއި، އެމަސައްކަތް ޢަމަލީގޮތުން ކުރުން.
  7. ކައުންސިލް އިދާރާގެ އަދި ރައްޔިތުންގެ މާލިއްޔަތުގެ އެކައުންޓްގައި ހުރި ފައިސާ ޤަވާޢިދާ އެއްގޮތަށް ނެގުމާއި، ފައިސާ އެކައުންޓްތަކަށް ޖަމާކުރުން.
  8. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މުޥައްޡަފުންގެ މުސާރައާއި، އެލަވަންސް މަހުންމަހަށް މުޥައްޡަފުންނަށް ދިނުމުގެ އެންމެހާ ކަންތައްތައް ކުރުން.
  9. ކައުންސިލް އިދާރާއަށް ބޭންކް އެކައުންޓުން ނަގަންޖެހޭ ފައިސާއާއި، ޖަމާކުރުމުގެ ފައިސާގެ އެންމެހާ ކަންތައްތައް ކުރުން.
  10. ކައުންސިލް އިދާރާގެ ފައިސާއާބެހޭ އެންމެހާ ކަންތައްތައް ފައިސާއާބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ނިންމުން.
  11. ވައުޗަރަށް ލިބެންޖެހޭ ފައިސާ ލިބުނުތޯބަލާ، އެކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  12. މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް މިކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމާއި، މިކައުންސިލަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާ އެފަރާތްތަކަށް ލިބޭތޯ މަސައްކަތް ކުރުން.
  13. ސެކްޝަނުގައި ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ކައުންސިލްގެ ވެރިން ( ޒިންމާދާރުވެރިޔާ/އެސްޖީ/ނުވަތަ ޙަވާލުވެ ހުންނވާ ވެރިޔާ ) އަންގާ ގޮތެއްގެ މަތިން ކުރުން.
  14. ރަށުފެންވަރުގައި ކައުންސިލުން ހިންގާ އެންމެހާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  15. ކައުންސިލް އިދާރާއަށް ބަލައިގަންނަ ފައިސާ އެފައިސާއަކާ ގުޅޭގޮތުން ޢަމަލު ކުރަންޖެހޭ ގޮތްތަކަށް ކަންތައްތައް ކުރުން.
  16. ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ރެކޯޑްތައް ބެލެހެއްޓުން.
  17. ކައުންސިލްގެ އިދާރާގެއަށް އާއްމުދަނީގެ ގޮތުގައި ލިބެންޖެހޭފައިސާ ހޯދުމުގެ މަސައްކަތް ކުރުމާއި ރަށު ކައުންސިލްތަކުގެ ތަރައްޤީ އެކިއެކި ޕްރޮގްރާމް ތަކަށާއި، ތަރައްޤީ ޕްލެއިންތަކަށް ހުޅުވޭ ފަންޑުގެ ކަންތައްތައް    ބެލެހެއްޓުން.
  18. ރަށު ކައުންސިލްތަކުގެ ތަރައްޤީ އެކިއެކި ޕްރޮގްރާމްތަކަށާއި، ތަރައްޤީ ޕްލެއިންތަކަށް ހުޅުވޭ ފަންޑުގެ ކަންތައްތައް ބެލެހެއްޓުން.
  19. ވަޒީފާއިން ވަކީވާނަމަ ނުވަތަ ވަކިކުރެވޭ ނަމަ ނުވަތަ ޗުއްޓީއެއްނަގާނަމަ ޙަވާލު ކުރެވިފައިވާ އެންމެހާ ފައިސާގެ ހިސާބުތައް ނިންމާ ސެކްޝަންގެ ވެރިޔަކަށް ދެއްކުން.
  20. ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ހަވާލު ކުރެވިފައިވާ އެންމެހާ ތަކެތި ފަރުވާތެރިކަމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ސެކްޝަންގެ މަސައްކތެއްނެތި ހުންނަ ވަގުތުގައި އެހެންސެކްޝަންތަކުގެ މުޥައްޒަފުންނަށް އެހީތެރިވެ ދިނުން.
  21. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން.

ނުވަތަ، 

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ގުޅޭ ދާއިރާތަށް/ނުވަތަ ޖެނެރަލް އެޑިޔުކޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން %30
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • އެސެސްޓްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) % 25
  • ·         އިންޓަރވިއު %35

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ފެބުރުވަރީ 2026 ގެ 12:00 ގެ ކުރިން، މާލެއަތޮޅު ހުރާ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް  ނުވަތަ މުއްދަތަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާން އޮންނާނީ 09 ފެބުރުވަރީ 2026 އާއި 12 ފެބުރުވަރީ 2026 އާ ދެމެދު، މާލެއަތޮޅު ހުރާ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ފޭސްބުކް ޕޭޖްގައި އަދި ގެޒެޓްކޮށް އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 އަށެވެ. އީ-މެއިލް ކުރާނީ [email protected]

 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ޖަނަވަރީ 2026
ހޯދާ