ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންގަލި ލޯންޗްގައި ކުރިން އަޅާފައިހުރި ޔަމަހާ 200 ހޯސްޕަވަރުގެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މިއިދާރާގެ ރަންގަލި ލޯންޗްގައި ކުރިން އަޅާފައިހުރި ޔަމަހާ 200 ހޯސްޕަވަރުގެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި މިއިދާރާގެ ނަންބަރު: B/2015/38-ފ237 (07 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް ކުރިމަތިލާފައިނުވާތީ، އެ 02 އިންޖީނުގެ އަގު ދަށްކޮށް، އެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

1- ބޭނުންކުރެވޭ އިންޖީނުގެ ނީލަން ފެށޭ އަގަކީ -/50,000 ރުފިޔާއެވެ. އިންޖީނުގެ ނީލަމަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަގަކީ -/5,000 ރުފިޔާއެވެ.

2- ގިއަރު ބޮކްސްގައި މައްސަލަ ޖެހިފައިވާ އިންޖީނުގެ ނީލަން ފެށޭ އަގަކީ -/25,000 ރުފިޔާއެވެ. ނީލަމަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަގަކީ -/2,500 ރުފިޔާއެވެ.

ވީމާ، މި 02 އިންޖީނު ނީލަމުން ނެންގެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކޮންމެ އިންޖީނަކަށް ހުށަހަޅާ އަގު ވަކިވަކިން އެނގޭގޮތަށް މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ވަކިވަކިން ނޫންގޮތަކަށް ހުށަހަޅާ ނީލަމުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. ނީލަމުގައި ބައިވެރިވުމަށް ސިޓީ ހުށަހަޅުއްވަމުން ގެންދަވާނީ 01 ޑިސެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެންނެވެ.

މި 02 އިންޖީނުގެ ނީލަމަށް ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގައި މިއިދާރާގެ ނޯޓިސްބޯޑުގައި އަދި މިއިދާރާގެ ޓީވީ ސްކްރީނުން އެނގެން ހުންނާނެއެވެ. މި 02 އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރ ޖަމީލާ އަޙްމަދު (މޮބައިލް ނަންބަރު: 7961227, އޮފީސް ނަންބަރު: 6740017) އާ ގުޅުއްވުން އެދެމެވެ.

މި 02 އިންޖީނުގެ ނީލަމުގައި ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަން ނިމޭތާ ލަސްވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ފައިސާ ދައްކަވައި އިންޖީނު ގެންދެވުން އެދެމެވެ. ފަހުން ފައިސާ ދައްކާގޮތަށް އިންޖީނު ދޫނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

24 ނޮވެންބަރު 2015
ހޯދާ