ދިވެހިރާއްޖެ
ހުޅުމާލެ އިންޖީނުގޭގައި ހުރި މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- ކޭބަލް ބުރިތަކެއް (އެކިސައިޒްގެ) - ހެޑް ވޭލްތަކެއް:
- އެކިސައިޒްގެ ދަގަނޑު ބުރިތަކެއް - ލައިނަރުތަކެއް:
- ކްރޭން ސާފްޓެއް - ޕިސްޓަން ރިންގުސެޓްތަކެއް:
- ޕިސްޓަންތަކެއް - ވޭލް ގައިޑުތަކެއް:
މިތަކެތީގެ ނީލަން ފެށޭ އަގަކީ -/100,000ރ (އެއްލައްކަ ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/2,500ރ (ދެހާސް ފަސްސަތޭކަ ރުފިޔާ) އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/50,000ރ (ފަންސާސްހާސް ރުފިޔާ) ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2015 ޑިސެންބަރު 01 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާވެސް ނުލިބޭނެ ކަމުގައި ދަންނަވަމެވެ.
ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 07 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ހަވާލު ކުރެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ނަންބަރު 7905625 ފޯނާ ގުޅުއްވުން އެދެމެވެ.
13 ޞަފަރު 1437