ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ކައުންސިލަށް އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން.

ގދ.ގައްދޫ ކައުންސިލް އަށް އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން.

 

ގދ.ގައްދޫ ކައުންސިލް އަށް އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:                    05  

މުއްދަތު:                         03 މަސް ދުވަހާއި 01 އަހަރާއި ދެމެދު

އުމުރު:                         16 އަހަރާއި 30 އަހަރާއި ދެމެދު

އެލެވަންސް/ޕޮކެޓްމަނީ:                މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/200ރ

އިތުރުގަޑީގެ އެލަވަންސް:               އިތުރުގަޑީގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/30ރ

މަސައްކަތު ގަޑި:                    06 ގަޑިއިރު

ވަޒީފާ އަދާކުރަންޖެހޭތަން:              ގދ.ގައްދޫ ކައުންސިލް އިދާރާ

 

ޝަރުތު:

ގްރޭޑް 10 ނިންމާފައިވުން.

     

މަސްޢޫލިއްޔަތު: ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކައުންސިލްގެ އިދާރީ މަސައްކަތާއި ޕްރީސްކޫލްގެ މަސައްކަތް އަދި ގެމެން ޕޯޓަލްގެ މަސައްކަތްކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިޙަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ފޯމް ގައްދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ).
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެ ފުށުގެ ލިޔުންތައް ފެންނަ. އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭގޮތަށް ފެންނަ ކޮޕީއެއް.
  3. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނެ ގޮތަށް).
  4. ވަޒީފާ އަށް އެދޭ ފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  5. ވަޒީފާ އަށް އެދޭ ފަރާތުގެ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  6. ވަޒީފާ އަށް އެދޭ ފަރާތަކީ 18 އަހަރުން ދަށުގެ ފަރާތެއް ނަމަ ބެލެނެވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީ.

 

އިންޓާންޝިޕް އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ލިބިފައިވާ އެހެނިހެން ހުނަރު.
  3. ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިކުރުން.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މުވައްޒަފުން ނެގުމަށް ބާއްވާ އިންޓަވިއު އޮންނާނީ 05 ފެބުރުއަރީ 2026 އާއި 15 ފެބުރުއަރީ 2026 އާއި ދެމެދުގައި ގައްދޫ ކައުންސިލް އިދާރާގައެވެ. ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ތަރުތީބުން މި މަޤާމަށް ބޭނުންވާ ޢަދަދަށް މީހުން ނަގަމުންގެންދާނެ ވާހަކަ ދެންނެވީމެވެ. 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާ އަށް އެދޭ ފޯމް ފުރިޙަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖެނުއަރީ 2026 އިން ފެށިގެން 15 ފެބުރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ގައްދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާ އަށް އެދޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ ގައްދޫ ކައުންސިލް އިދާރާގެ މެއިލް [email protected] އަށް މެއިލް ކުރުމަށްވެސް ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި ވަޒީފާ އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ ގައްދޫ ކައުންސިލް އިދާރާގެ ނަންބަރ 6840003 އަށް ގުޅުއްވުން އެދެމެވެ.

 

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

27 ޖަނަވަރީ 2026
ހޯދާ