ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ ޕްރީސްކޫލް ޢިމާރާތްކުރުމާގުޅޭ

މިއިދާރާއިން ދައްކާ ނަމޫނާއާ އެއްގޮތަށް ވަންދޫ ޕްރީސްކޫލް އަމިއްލަ ތަކެތީގައި ޢިމާރާތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 10:30 އަށް ވަންދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 9 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ފޯންނަންބަރު 7980047 އަށެވެ.

10 ޞަފަރު 1437

22 ނޮވެންބަރު 2015
ހޯދާ