ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގައި ދަރިވަރުން ބޭނުންކުރާ ފާޚާނާގެ ތެރެއިން 1 ފާޚާނާ މަރާމާތުކުރުމަށް ކުރެވުނު މަސައްކަތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއް ހުށަހަޅުއްވާފައިވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL)GS118/2015/30) ނަންބަރު އިޢުލާނު ބާޠިލުކޮށް، މި ސްކޫލުގައި ފާޚާނާއެއް އިމާރާތް ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
03 ޑިސެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 |
09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ މެންދުރު 1:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6560570 ، 6561807 ނަންބަރު ފޯނާއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޞަފަރު 1437