މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ކޭބަލްތައް ނެގުން

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި މިހާރު ޖަހާފައި ހުރި މަގުބައްތިތައް ސޯލާ ލައިޓަށް ބަދަލުކުރުމަށްފަހު، ސޯލާ ލައިޓަށް ބަދަލުކުރުމުގެ ކުރީގައި ޖަހާފައިވާ މަގުބައްތިތަކުގެ ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ(6mm ގެ 4 Core)  ކޭބަލުގެ 1 މީޓަރު 15 (ފަނަރަ) ރުފިޔާގެ މަގުން، ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތްތަކަށް ދޫކޮށްލުމަށްވަނީ ހަމަޖެހިފައެވެ. ޖުމްލަ އަގު ކަނޑައަޅަން ހަމަޖެހިފައިވަނީ އެ ސަރަހައްދަކަށް އަޅާފައިވާ ކޭބަލުގެ ޖުމްލަ ދިގުމިނަށް ބެލުމަށްފަހުގައެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ އަގު ހުށައަޅާ ފޯމް ފުރިހަމަކުރުމަށްފަހު 2026 ފެބްއަރީ 02 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް ފޯމު ހުށައެޅުމަށް ކައުންސިލް އިދާރާއަށް ދުރުވުމަށް ދެންނެވީމެވެ. އަގު ހުށައެޅުމަށް ތައްޔާރުކޮށްފައިވާ ފޯމް މި އިއުލާނާއި އެއްކަރުދާސްކޮށް އަދި ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މަސައްކަތް ކުރުމަށް ބޭނުންވާނެ ހުއްދައާއި، މަސައްކަތަށް ހޭދަވާނެ ހަރަދާއި، މި މަސައްކަތް ކުރުމުގައި ދިމާވެދާނެ އެންމެހައި ގެއްލުމަށް ޒިންމާވާންވާނީ މަސައްކަތް ކުރާފަރާތަކުންނެވެ. އަދި މަސައްކަތްކޮށް ނިމުމުން ތަން ސާފުކުރުމަކީ މަސައްކަތް ކުރާ ފަރާތެއްގެ ޒިންމާއެކެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

26 ޖަނަވަރީ 2026
ހޯދާ