ދިވެހިރާއްޖެ
ނަންބަރު: (IUL)320-PRM/320/2026/6
އިޢުލާނު
1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާ ޙާފިޡުންގެ ކެއުން އަދި ޙާފިޡުންގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި ކައުންސިލުން 1447 ވަނަ އަހަރު ރަމަޟާންމަހު ބ. އޭދަފުށީގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ގެންނަވާ ޙާފިޡުންގެ ކެއުމާއި، އަދި ޙާފިޡުންގެ އަންނައުނު ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އަގު ހެދުމުގައި ސަމާލުކަން ދޭންވީ ކަންކަން:
- މުއްދަތު: ލަފާކުރާ (35 ދުވަސް)
- ޙާފިޡުންގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދިނުން.
- ޙާފިޡުންގެ 3 އިރުގެ ކެއުން (ރޯދަވީއްލުން، ރޭގަނޑު ކެއުން އަދި ހާރުކެއުން).
ނޯޓް: މި ކައުންސިލް ލަފާކުރާ ގޮތުގައި ޖުމްލަ 4 ޙާފިޡުންނަށް ޚިދުމަތް ފޯރުކޮށްދޭން ޖެހިދާނެއެވެ. ކޯޓޭޝަން ތައްޔާރުކުރައްވާއިރު، ތައްޔާރުކުރައްވާނީ މަތީގައިވާ ކަންކަމަށް ރިޢާޔަތްކޮށް ޙާފިޡަކަށް ދުވާލަކަށް ޖެހޭ ޢަދަދެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަމްބަރ 6608303 / 6602009 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
07 ޝަޢުބާން 1447ހ
26 ޖަނަވަރީ 2026މ
