ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                 އިޢުލާން ނަންބަރު: (IUL)VMC-HR/1/2026/6

ވަޒީފާގެ ފުރުޞަތު 

 

މަޤާމުގެ ނަން: މެނޭޖަރ

މުސާރަ (މަހަކު) : -/13,680 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/4,788  ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/4,104  ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ބިޒްނަސް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުން (ނުވަތަ)،

ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން  (ނުވަތަ)،

ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން (ނުވަތަ)،

ރ. ޖީސީއީ އޯލެވެލް ފުރިހަމަކުރުމާއެކު މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން.

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ބިޒްނަސް ޑިވެލޮޕްމަންޓްގެ އަހަރީ ސްޓްރެޓެޖީއާއި ސޭލްސް ޕްލޭން އޯގަނައިޒޭޝަންގެ ލަނޑުދަނޑިތަކާ އެއްގޮތަށް ތަންފީޒުކުރުން.
  2. ސޭލްސް ފީޑްބެކާއި މާކެޓް ޑިމާންޑްއަށް ބިނާކޮށް މާކެޓް ކުރެވޭ އޮފާތައް އެކުލަވާލުމާއި، ބިޒްނަސް ސްޓްރެޓެޖީތައް ކަނޑައެޅުމުގައި ޑިރެކްޓަރަށް އެހީތެރިވުން.
  3. މުޅި ސޭލްސް ޕްރޮސެސް އޯވަރސައިޓްކޮށް، ޞައްޙަ ފޯކަސްޓިންގ ކަށަވަރުކޮށް، ޑިރެކްޓަރަށް ރިޕޯޓްކުރުން.
  4. ސޭލްސް ޕާފޯމަންސް މެޓްރިކްސް އަދި ކޭޕީއައިތައް ޓާގެޓްތަކާ އެއްގޮތަށް މޮނިޓަރކޮށް، އެނަލައިޒްކޮށް، ރިޕޯޓްކޮށް، އިސްލާހީ ފިޔަވަޅުތައް އަޅަން ލަފާދިނުން.
  5. ޕޯޓްފޯލިއޯގެ މަތީ ދަރަޖައިގެ އަދި އެންމެ ސްޓްރެޓެޖިކް މެމްބަޝިޕް އެކައުންޓްތަކާއި އޮންނަ ގުޅުންތައް އަމިއްލައަށް ލީޑްކޮށް މެނޭޖްކުރުން
  6. ޕޮޓެންޝަލް މެމްބަރ ޕާޓްނަރުންގެ މާކެޓިންގ ބަޖެޓްތަކާއި ސްޓްރެޓެޖީތައް ދެނެގަތުމަށް ރިސާރޗް ކުރުން. އަދި މި އިންސައިޓްތައް ބޭނުންކޮށްގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް އާމްދަނީ ހޯދުމުގެ އާ ފުރުސަތުތައް ދެނެގަތުން
  7. މާކެޓް ޑިމާންޑާއި ޕާޓްނަރުންގެ ފީޑްބެކަށް ބަލައިގެން އާ ވިޔަފާރީގެ އޮފާތައް ތަރައްގީކޮށް އަގުކުރުމަށް އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.
  8. ޑިރެކްޓަރ އަދި މެނޭޖްމަންޓަށް ޕާފޯމަންސް ރިޕޯޓް ތައްޔާރުކޮށް، ސްޓްރެޓެޖިކް އިންސައިޓްސް އާއި ރެކޮމެންޑޭޝަންސް ފޯރުކޮށްދިނުން
  9. މެނޭޖްމަންޓް ބައްދަލުވުންތަކާއި ކޯޕަރޭޓް އިވެންޓްތަކާއި، އެކްޓިވޭޝަންތަކާއި، ވިޔަފާރީގެ ހަރަކާތްތަކުގައި ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް ތަމްސީލުކުރުން.
  10. ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް އަދި އެސިސްޓެންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް އަށް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ކޮމާޝަލް ޕޯޓްފޯލިއޯއާއި ގުޅޭ ކްލައިންޓް ކޮމިއުނިކޭޝަންތަކާ ގުޅޭގޮތުން އިރުޝާދު ދިނުން.
  11. ކޯޕަރޭޝަންގެ ޚިދުމަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ފުރިހަމަކުރުން.
  12. ކޯޕަރޭޝަނުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ.  އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035525، 3035515، ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ،

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް.

25 ޖަނަވަރީ 2026
ހޯދާ