މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކިތް ޢިމާރާތްކުރާ ބިމުގައިވާ ޢިމާރާތް ތަޅާލައި ބިން ސާފުކުރުމަށް
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު.
މިރަށުގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް ޢިމާރާތްކުރާ ބިމުގައިވާ ޢިމާރާތް ތަޅާލައި ބިން ސާފުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ނަންބަރު: E/278/2015/5-ފ142 ސިޓީން މިއިދާރާއަށް ވަނީ އަންގަވާފައެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިދެންނެވި ބިން ސާފުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 07 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
12 ޞަފަރު 1437
24 ނޮވެންބަރު 2015
ހޯދާ