ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިޢުލާންވަނީ 27 ޖަނަވަރީ 2026 10:49 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-439467

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 5 – ސްޓެޕް 1

ސެކްޝަން / ޔުނިޓް:

ހެރިޓޭޖް ސެކްޝަން، ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރ ޔުނިޓް

މަސައްކަތު ވަގުތު:

ހެނދުނު 08:00 އިން 14:00 އަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރ ޔުނިޓް، ހއ. އުތީމު

މުސާރަ:

މަހަކު 9495.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2850.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ސަޕޯޓް ސްޓާފް ލެވެލް މުވައްޒަފުން ސުޕަރވައިޒް ކުރުން
  2. ޔުނިޓްގެ އިސްވެރިޔާގެ ލަފާގެ މަތިން ހަނދާނީ މަރުކަޒުގެ އެކިއެކި ކަންކަމަށް ބޭނުންވާ ކޯޓޭޝަން ހޯދައި މުވައްޒަފުންގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ހޯދައިދީ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  3. އޮފީހުން ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތައް ހޮނިހިރު ދުވަސްތަކުގައި އޮފީހަށް ހާޒިރުވެ މެހެމާނުންނަށް ޓިކެޓް ވިއްކައި ފައިސާ ބަލައިގަތުމާއި ގަނޑުވަރު ދެއްކުން.
  4. ކަމާގުޅޭ ވެރިޔެއް ނުވަތަ ހަވާލުވެހުރި ފަރާތެއް އެދިއްޖެ ހާލަތެއްގައި، ހަމަޖެހޭ އިންތިޒާމެއްގެ ދަށުން އީދު ޗުއްޓީގައި ނުވަތަ ސަރުކާރު ބަންދު މުހިންމު ދުވަހެއްގައި ޑިއުޓީ ބަހާލައިގެން އެދުވަހެއްގައި މެހެމާނުންނަށް ގަނޑުވަރު ބެލޭނެ އިންތިޒާމް ހަމަޖެއްސުން.
  5. އޮފީސް ބަންދު ވަގުތެއްގައި އޮފީހުގެ މުހިންމު މަސައްކަތެއް ކުރަން ކަމާގުޅޭ ވެރިޔެއް އެދިއްޖެ ހާލަތެއްގައި އެ މަސައްކަތެއް ނިންމުމަށް ކަމާ ގުޅޭ މުވައްޒަފުންނަށް އެހީތެރިވެދިނުން.
  6. ސަޕޯޓް ސްޓާފް ލެވެލް މުވަމުވައްޒަފުންގެ ކޮންމެ ދުވަހަކު، ހަފްތާއަކުން އަދި މަހަކު އެއްފަހަރު ކުރަންޖެހޭ މަސައްކަތްތައް ރާވާ ތާވަލްކުރުން. އަދި ތާވަލް ކުރެވިފައިވާ މަސައްކަތްތައް މުވައްޒަފުންގެ މައްޗަށް ބަހާލެވި، މަސައްކަތް ފުރިހަމަ ކުރޭތޯ ބެލުން.
  7. ގަނޑުވަރު މައިދާނުގައި މެހެމާނުންނަށް ފަސޭހަ ކުރުމަށް ބެހެއްޓިފައިވާ ޖޯލިފަތިތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި މަރާމާތުކުރުން.
  8. ސުޕަރވައިޒް ކުރާ މުވައްޒަފުން ކުރާ މަސައްކަތްތައް ރަނގަޅުތޯ ބަލައި، އިޞްލާޙްކުރަންޖެހޭ ކަމެއްވާނަމަ ކިޔައިދީ އެހީތެރިވެދިނުން.
  9. ޔުނިޓްގެ ހުރިހާ މުވައްޒަފުންގެ ދުވަހު ހާޟިރީ، ބޭރައްދާ ގޮތުގެ ރެކޯޑު އަދި އިތުރު ގަޑީ އެޗް.އާރ ސިސްޓަމަށް އަޅާ އަޕްޑޭޓް ކުރުވުން.
  10. ސުޕަރވައިޒް ކުރާ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  11. މަރުކަޒުގައި މަރާމާތުކުރަން ނުވަތަ ސާފުކުރަން ހުރި ތަންތަން ހަވާލުވެ ހުރި އިސްވެރިޔާއާއި މަޝްވަރާކުރުމަށްފަހު މުވައްޒަފުން ލައްވާ ކުރުވުން.
  12. ގަނޑުވަރުގެ ސާފްތާހިރުކުރުމުގެ ކަންކަން ގާތު ބެލުން.
  13. ކަނދުވަލު މިސްކިތާއި، ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރުން.
  14. ވެވު ސާފުކުރުމާއި ވެވު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  15. މަރުކަޒުގެ ގޯތި ތެރޭގައި ހުރި ގަސްތަކާއި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހަދަމުންދާ ޕާރކްގައި ހުރި ގަސްތައް ފެންދީ ރަނގަޅަށް ބެލެހެއްޓުން.
  16. މެޙެމާންސަރާ އެކަމަޑޭޝަން ބްލޮކް ސާފުތާހިރުކޮށް ބެލެހެއްޓުން.
  17. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  4. ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން
  5. ބިޒްނަސް މެނޭޖްމަންޓް
  6. މެނޭޖްމަންޓް
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  8. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  9. ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ފެބުރުވަރީ 2 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއަސާރު/ ޗާންދަނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ، 2026 ފެބުރުވަރި 8 އާއި 2026 ފެބުރުވަރީ 26 އާ ދެމެދު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، މާލެ ގައެވެ. އިންޓަރވިއު ކުރިއަށް ދާނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮންނެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340206 ނުވަތަ 3323206 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 06  ޝަޢުބާން 1447

25 ޖަނަވަރީ 2026
ހޯދާ