|
- އެދުވަހެއްގައި ޗެކްކުރުމަށް ހަވާލުކުރެވޭ އިކުއިޕްމަންޓްސް ނުވަތަ ވެހިކަލްތައް ރަނގަޅަށް ފަރުވާތެރިކަމާއިއެކު ޗެކްކޮށް، "ޑެއިލީ ޗެކްލިސްޓް" ފުރިހަމަކުރުމަށްފަހު އެއުޅަނދަކަށް ބޭނުންވާ ފެނާއި، ކޫލަންޓް އަދި އަޑީތެޔޮ ހަމަކޮށް ޑީސަލް އެޅުން.
- ވެހިކަލް ނުވަތަ އިކްއިޕްމަންޓްތައް ދުއްވާ އޮޕަރޭޓްކުރުމުގެ ކުރިން ރަނގަޅަށް ފަރުވާތެރިކަމާއިއކު ޗެކްކޮށް އެއުޅަނދަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ ވަގުތުން ރިޕޯޓްކޮށް ހުއްދަ ލިބިގެން މެނުވީ އޮޕަރޭޓްނުކުރުން.
- އެދުވަހެއްގައި ދުއްވާ، އޮޕަރޭޓްކުރުމަށް ހަވާލުކުރެވޭ އިކްއިޕްމަންޓްސް ނުވަތަ ވެހިކަލްތައް ދުއްވާ، އޮޕަރޭޓްކޮށް މަސައްކަތު ޕޮއިންޓްގައި އިރުޝާދު ދިނުމަށް ސުޕަވައިޒަރެއްގެ ލަފަޔާއި، އިރުޝާދާ އެއްގޮތަށް މުދާ ބާލާއަރުވާ، ނެރެވައްދާ އަދި ބަރުކޮށް ގުދަންކުރުން.
- މަސައްކަތުގައި އުޅެނިކޮށް ވެހިކަލް ނުވަތަ އިކްއިޕްމަންޓަށް ފޯލްޓެއް ނުވަތަ ބްރޭކްޑައުންއެއް ދިމާވެއްޖެނަމަ ވަގުތުން ރިޕޯޓްކޮށް ހުއްދަ ލިބުމުން މެނުވީ އޮޕަރޭޓްނުކުރުން.
- މާވާ އެންމެހާ އެކްސިޓެންޓް ނުވަތަ އިންސިޑެންޓްތައް ވަގުތުން ރިޕޯޓްކޮށް ހުއްދަ ލިބިގެން މެނުވީ ސީން ރޫޅާނުލުން.
- ދުވަހުން ދުވަަހަށް ކުރެވޭ މަސައްކަތްތައް ވެހިކަލް ނުވަތަ އިކްއިޕްމެންޓް ލޮގް ފޮތުގައި ފަރުވާތެރިކަމާއިއެކު ނޯޓްކޮށް ލޮގްކުރުން.
|