ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމަރުކަޒުގެ ނަންބަރު GS17/2015/48 ޕްރީސްކޫލް މަރުޙަލާއަށް ކިޔަވައިދިނުމަށްޓަކައި، ކުރީގެ ދަނާލުގެ އޮފީސް އިމާރާތާއި، އެކޮމަޑޭޝަން ބްލޮކް މަރާމާތުކޮށް 2 ކްލާސްރޫމަށް ބަދަލުކުރުމަށް ކުރި އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ދިނުން |
ލ.އަތޮޅު ތަޢުލީމީ މަރުކަޒު |
އާދީއްތަ |
08 ޑިސެންބަރު 2015 |
10:00 |
ބިޑް ހުށަހެޅުން |
ލ.އަތޮޅު ތަޢުލީމީ މަރުކަޒު |
އާދީއްތަ |
20 ޑިސެންބަރު 2015 |
10:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 6800013 ނަންބަރު ފޯނަށެވެ.
13 ޞަފަރު 1437