ދިވެހިރާއްޖެ
"ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ދޫކުރާ ބިން/ފްލެޓަށް ކުރިމަތިލުމަށްޓަކައި އެފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް އެކި ފަރާތްތަކުން މި ކައުންސިލަށް އެދެމުންދާތީ ދަންނަވަމެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ނަންބަރ: 221-CCS/2026/5 (22 ޖެނުއަރީ 2026) ސިޓީގައި ވާ ގޮތުން ބިމާއި ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދިނުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މަޢުލޫމާތުތަކުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާނަމަ، އެއިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅިދާނެކަމާއި އެހެންނަމަވެސް، އިދާރާއަކުން ދޫކުރާ ލިޔުން ބަލައިގަނެވޭނީ އެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ މަޢުލޫމާތުން، މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުވާނަމަކަމަށާއި، ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެކައުންސިލެއްގައި ބަލަހައްޓާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށް ނުދެވޭ ލިޔުމަކަށްވާނަމަ، އެލިޔުމަކީ ބަލައިގަނެވޭނެ ލިޔުމެއް ނޫންކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޝަރ އިން ޢާއްމުކޮށްފައިވާ މަޢުލޫމާތުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، މިކައުންސިލުން އެފަދަ އެއްވެސް މަޢުލޫމާތެއް ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ އެއްވެސް ފަރާތަކަށް މިފަދަ ލިޔެކިޔުމެއް ދޫކުރެވެން ނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.
