ދިވެހިރާއްޖެ
އިޢުލާން
މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ތަކާއި ކީރިތި ރަސޫލާގެ ( صلى الله عليه وسلم ) ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، މި އިދާރާ އާ ހަވާލު ކުރެވޭނެ އިންތިޒާމް، ތިރީގައި އެވާ ގޮތުގެމަތީން ވަނީ ހަމަޖެހިފައެވެ.
ތަކެތި ގެނެވޭނެ މުއްދަތު
24 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހުން ފެށިގެން، 29 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް.
ތަކެތި ބަލައިގަންނަ ތަންތަން
މާލެ : ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ )
ވިލިމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
ހުޅުމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް
މި އިދާރާއިން ބަލައިގަންނާނީ، މަތީގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތީން، ގޭގެއިން ގެންނަ، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ ތަކެއްޗެވެ.
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ނަންބަރު 7994565 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
