މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހާއި ދިމާކޮށް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތާއި ގުޅޭ

ރ.އަނގޮޅިތީމު މަސްޖިދުއްނޫރު، މަސްޖިދުއްތަޢާލަފް އަދި މަސްޖިދުއްހިދާޔާއަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިއިދާރާއިން އެފުރުޞަތު ހުޅުވާލެވިފައިވާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. ތިރީގައި އެވަނީ މިވަގުތު މިސްކިތްތަކައް ބޭނުންވާ ބައެއް ސާމާނުތަކުގެ ތަފްޞީލެވެ.

#

ތަފްޞީލް

އަދަދު

1

ގާޑަންލައިޓް (ހޯލްޑާރާއިއެކު)

13

2

ގޭޓް ބައްތި (ހޯލްޑާރާއިއެކު)

6

3

ފެންމޯޓަރ

1

4

ފަންކާ (ސީލިންގުގައި ހަރުކުރާ)

20

5

ސައުންޑު ސިސްޓަމް (01 އެމްޕް 250އޯމްސް، 04 ސްޕީކަރު، 01 ޕިންމައިކް، 01 ލޯޑްމައިކް)

1

6

ފާހާނާދޮރު

1

7

ސްޕީކަރ ނަރު (100 މީޓަރ)

1 ރޯލް

8

ތަޅު (ލަކުޑި ދޮރުގައި ހަރުކުރާ)

2

9

ލެޑް ލައިޓް (ސީލިންގގައި ހަރުކުރާ)

2

އަދި މީގެ އިތުރުންވެސް 03 މިސްކިތުގެ ކުރަން ހުރި މަރާމާތުތައްވެސް އަމިއްލަތަކެތީގައި ހިލޭއެހީގެ ދަށުން ކޮށްދޭން ބޭނުންވާ ފަރާތެއް ވާނަމަ އެފަރާތަތްތަކަށްވެސް އެފުރުޞަތުވެސް އޮތްވާހަކަ ދެންނެވީމެވެ. ތިރީގައި އެވަނީ މިވަގުތު މިސްކިތްތަކުގައި ކުރަން ހުރި މަރާމާތު ތަކުގެ ތަފްޞީލެވެ.

#

ތަފްޞީލް

އަދަދު

1

މަސްޖިދުއްނޫރުގައި ފެންލައިޓްތަކުގައި ނެއްޓިފައި ހުރި ބިއްލޫރިތައް ސިލްކޯން ލައިގެން ރަނގަޅުކުރުން

24

2

މަސްޖިދުއްނޫރުގެ ދެކުނުފަރާތު ފާޚާނާގެ ފެންނުދާ މައްސަލަ ހައްލުކުރުން

1

3

މަސްޖިދުއްނޫރުގެ ވުޟޫކުރާތަނާއި މިސްކިތާއި ދެމުދު އިންނަ ވޯކުވޭ ހިޔާކުރުން

1

4

މަސްޖިދުއްނޫރުގެ ބޮޑުދޮރުކައިރި އޮޅިގަނޑެއް ހެދުން

1

5

މަސްޖިދުއްތަޢާލަފްގެ 3 ދޮރުފަތުގެ ކުޑަދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން

6

6

މަސްޖިދުއްތަޢާލަފްގެ 2 ދޮރުފަތުގެ ކުޑަދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން

2

7

މަސްޖިދުއްތަޢާލަފްގެ 1 ދޮރުފަތުގެ ކުޑަދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން

2

8

މަސްޖިދުއްހިދާޔާގައި (އަންހެނުން މިސްކިތުގައި) ފާޚާނާއެއް ހެދުން

1

9

މަސްޖިދުއްހިދާޔާ ހަލާކުވެފައިވާ ދިޔަދޮވި ބަދަލުކުރުން

1

 

      ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ 2026 ފެބުރުވަރީ 09 އާއި ހަމައަށެވެ. އަދި ސިއްރިއްޔާތުގައި ހަދިޔާ ކުރަން ބޭނުންވާ ބޭފުޅުންނަށްވެސް އެފުރުޞަތު އޮތްވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ޝާހީން 7775791 ނުވަތަ ކައުންސިލް އެޤްޒެކްޓިވް ފާތިމަތު ޝިމްލާ 7952842 ނުވަތަ ރަސްމީގަޑީގައި 4000031 މިއިދާރާގެ ނަންބަރާއި ގުޅުއްވައިގެން ސާފްކުރުމަށް ދަންނަވަމެވެ.

22 ޖަނަވަރީ 2026
ހޯދާ