މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސީނިއަރ ޓްރޭނިންގ ކޯޑިނޭޓަރ

 (IUL)10-C/10/2026/4:ނަންބަރު

އިޢުލާނު

 

މަޤާމު:

ސީނިއަރ ޓްރޭނިންގ ކޯޑިނޭޓަރ

މަޤާމުގެ ނަންބަރު:

J-346451

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ކ.މާލެ

މުސާރަ:

މަހަކު 11,620.00ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5,420.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ ޢިނާޔަތް: ކަނޑައަޅާފައިވާ އުޞޫލުގައިވާގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 145.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަންގެ މެންޑޭޓާއި އެއްގޮތަށް މަސައްކަތްތައް ހަރުދަނާ ކުރެވޭނެ ގޮތްތައް ހޯދާ ސެކްޝަނުގެ މަސައްކަތްތައް ހަރުދަނާކުރުން.
  2. މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ މަސައްކަތްތަކަށް އަންނަބަދަލުތަކާއި، އަދި ހިންގުން ހަރުދަނާކުރުމަށް މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުގެންނަން ބޭނުންވެއްޖެ ހިނދެއްގައި އިދާރީ އޮނިގަނޑު އިސްލާހުކުރުމަށް، ސްޓޭކްހޯލްޑަރސްތަކާއެކު ހަދަންޖެހޭ ސްޓަޑީޒް ހެދުމާއި، މަޝްވަރާކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ފަންނީ ލަފާދިނުމާއި އޮނިގަނޑު އެކުލަވާލުމާއި ރިވިއުކުރުމުގެ މަސައްކަތް ކުރުން.
  3. ސެކްޝަނުގެ އެކްޝަން ޕްލޭން ފޮރޮގްރެސް ހެދުމުގެ މަސައްކަތާއި، އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު، ކަމާގުޅޭ ސެކްޝަނުން ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމުން.
  4. ސެކްޝަނުގެ އެސް.އޯ.ޕީ އަދާހަމަކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން، އަދި އަހަރުން އަހަރަށް ރިވައިސް ކުރުން.
  5. މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލު ތަކާގުޅިގެން ޑިޕާރޓްމަންޓް/ސެކްޝަން/ޔުނިޓުތަކުގެ މަސައްކަތުގެ އޮނިގަނޑަށް (ފަންކްޝަންސް) ބަދަލެއް ގެންނަންޖެހޭނަމަ، އެ ބަދަލުތައް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ގެނައުމުގެ މަސައްކަތް ކުރުމާއި ފަންނީ ލަފާދިނުން.
  6. މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ މަގާމުތަކުގެ ރަޖިސްޓްރީ ސީ.އެސް. ވިއުގައިން އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  7. ސިވިލް ސަރވިސް ގަވާއިދާއި މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ އުޞޫލާއެއްގޮތައް މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ ދާއިމީ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާއި ބެހޭ އެންމެހާ މަސައްކަތްތައް، ސިވިލް ސަރވިސް ކޮމިޝަނުން ކުރުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައި ކުރުވުން.
  8. ކުރުމުއްދަތާއި، ދިގުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ޕްރޮގުރާމުތަކާއި، ވޯކްޝޮޕް، ސެމިނާތަކާއި ސްޓަޑީ ޓުއަރ ތަކުގައި ރާއްޖޭގައި އަދި ރާއްޖެއިން ބޭރަށް މިނިސްޓްރީގެ ފަރާތުން ދިއުމަށް ފުރުސަތު ލިބޭ މުވައްޒަފު ނުވަތަ މުވައްޒަފުން ފޮނުވުމަށް މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.  
  9. މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ ވަޒީފާތަކަށް އަލަށް ވަންނަ މުވައްޒަފުންނަށް ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން އޮފީހަށް އަހުލުވެރި ކުރުމުގެ (އިންޑަކްޝަން) ޕްރޮގްރާމް ރާވާ ހިންގުމުގައި ފަންނީ ލަފާދީ މަސައްކަތް ކުރުވުން.      
  10. ފުރަތަމަ ކުއަރޓަރ ނިމުމުގެ ކުރިން މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރު ކުރުވުމާއި، ތަމްރީނުކުރުމަށް ބޭނުންވާ ދާއިރާތަކުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރުވުން.
  11. މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ މުވައްޒަފުންގެ ތަޢުލީމާއި ތަމްރީންގެ ފެންވަރު ދެނެގަތުމާއި މުވައްޒަފުންގެ ތަޢުލީމާއި ތަމްރީންގެ ރެކޯޑްސް އަދާހަމަކޮށް ބެލެހެއްޓުން.
  12. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކުގައި މިނިސްޓްރީގެ ޓްރޭނިންގ ޕްލޭނާއި އެއްގޮތަށް މުވައްޒަފުން ބައިވެރިވުމަށް ފުރުޞަތު ދިނުން.
  13. މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ ޚާއްޞަ ޓްރޭނިންގ ޕްރޮގްރާމްތައް އެކުލަވައިލުމާއި، ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ މަސައްކަތް ކުރުވުން.
  14. މިނިސްޓްރީގައި އާންމު ފަރާތްތަކަށް އިންޓަރންޝިޕް އާއި މަސައްކަތު ތަޖުރިބާ ދިނުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ކުރުން.
  15. މިނިސްޓްރީ އާއި މިނިސްޓްރީން ބަލަހައްޓަންޖެހޭ މުވައްޒަފުން ހިމެނޭ އިދާރާތަކުގެ މަގާމެއް އުފެއްދުމަށް، ބަދަލުކުރުމަށް އުވާލުމަށް ނުވަތަ ރިޒާވުކުރުމަށް ޖެހިއްޖެ ނަމަ އެ ކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުވުން.
  16. ތަމްރީންތައް ފުރިހަމަ ކުރާ މުވައްޒަފުންގެ ރެކޯޑު އަދާހަމަކޯށް ބެލެހެއްޓުން.
  17. ސެކްޝަނުން ކުރުމަށް ރާވާކަންކަން މުޅިއަހަރަށް ބަހާލައިގެން ގެންދާނެގޮތުގެ ޕްލޭން ހެދުމާއި، އެއާ އެއްގޮތަށް ކުރިއަށް ގެންދާ ޙަރަކާތްތައް ހިމަނައިގެން އަހަރީ ކަލަންޑަރު އެކުލަވާލުން.
  18. މުވައްޒަފުންނަށް ކޮންމެހެން ބޭނުންވާ ކޯސްތައް ރާއްޖެއާއި ރާއްޖޭން ބޭރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  19. ޓްރޭނިންގ ރިކުއަރމަންޓާއި އެއްގޮތަށް، ޖެހިގެން އަންނަ އަހަރުގެ ސެކްޝަނުގެ ބަޖެޓު ތައްޔާރުކުރުން.
  20. ސެކްޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ ސެކްޝަން ތަމްސީލް ކުރުން.
  21. ޙަފްތާއެއްގެ ތެރޭގައި ސެކްޝަނުން ކުރެވުނު މަސައްކަތްތަކުގެ ރިޕޯޓް ތައްޔާރުކުރުން.
  22. މުވައްޒަފުންނަށް ދޭންޖެހޭ އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތައް ޕްލޭންކޮށް، ސެކްޝަނުގެ މަސައްކަތްތަކަށް ދަތިނުވާނެގޮތެއްގެ މަތިން ތަރުތީބުކޮށް ލީވް ޕްލޭން ތައްޔާރުކޮށް ބެލެހެއްޓުން.
  23. މިނިސްޓްރީގައި މުވައްޒަފުން ބޭނުންކުރުމަށް ހެދިފައިވާ ހުރިހާ ސޮފްޓްވެއަރތަކަށް އަހަލުވެރިކުރުވައި، މަހުންމަހަށް އަދާހަމަކުރަމުންދާކަން ކަށަވަރުކުރުން.
  24. ސެކްޝަނުގެ މުވައްޒަފުންނަށް ލިބިދޭންޖެހޭ ހުރިހާ ޢިނާޔަތެއް ލިބިދެވޭކަން ކަށަވަރުކުރުން.
  25. ސިވިލް ސަރވިސްގެ ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތަށް މުވައްޒަފުން ޢަމަލުކުރާކަން ކަށަވަރުކޮށް ޚިލާފުވާ ފަރާތްތަކަށް ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރުން.
  26. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް
  2. އޯގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ
  3. ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް
  4. ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް
  5. އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް
  6. ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް
  7. ބިޒްނަސް އެނަލިސިސް އެންޑް  ޕަރފޯމަންސް މެނޭޖްމަންޓް
  8. ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން
  9. ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަނަލް ޓެކްނޯލޮޖީ
  10. ކަރިކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން
  11. ކަރިކިއުލަމް ސްޓަޑީޒް
  12. އެޑިއުކޭޝަން މެނޭޖްމަންޓް
  13. އެޑިއުކޭޝަނަލް ލީޑަރޝިޕް
  14. ލީޑަރޝިޕް އިން އެޑިއުކޭޝަން
  15. ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން
  16. ހިއުމަން ކެޕިޓަލް މެނޭޖްމަންޓް
  17. ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް
  18. ހިއުމަން ކެޕިޓަލް ލީޑަރޝިޕް
  19. ހިއުމަން ޓެލަންޓް މެނޭޖްމަންޓް
  20. ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް
  21. ހިއުމަން ރިސޯސް މެނޭޖްމަންޓް
  22. ހިއުމަން ރިސޯސަސް
  23. ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް
  24. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް
  25. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް
  26. ހިއުމަން ޑިވެލޮޕްމަންޓް
  27. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  28. ޕަބްލިކް ޕޮލިސީ
  29. ޕަބްލިކް މެނޭޖްމަންޓް
  30. މެނޭޖްމަންޓް
  31. ބިޒްނަސް މެނޭޖްމަންޓް
  32. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  33. އިންޓަރނޭޝަނަލް ރިލޭޝަންސް

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ތަމްރީނު ދިނުމުގެ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 ފެބްރުވަރީ 01 އާއި 12 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

3 ޝަޢުބާން 1447

22 ޖަނަވަރީ 2026
ހޯދާ