މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އިކޮނޮމިކް އެންޑް ފިސްކަލް ޕޮލިސީ އެނަލިސްޓް

މަޤާމުގެ ނަންބަރު:

J-438378

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ 

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރް 8   

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިކޮނޮމިކް ރިސާރޗް އެންޑް ފިސްކަލް ރިޕޯރޓިންގ ސެކްޝަން, ފިސްކަލް އެފެއާޒް ޑިޕާޓްމަންޓް، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

15,215.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

7,100.00 ރުފިޔާ  

ހާޒިރީ އިނާޔަތް:

190.00 ރުފިޔާ  (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ބަޖެޓަށް ކުރާނެ އަސަރުތައް ދިރާސާކުރުމާއި؛ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ފިސްކަލް މަސްއޫލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އަހަރީ ބަޖެޓާއި، ސަޕްލިމެންޓަރީ ބަޖެޓާއި، އަހަރުގެ މެދުތެރޭގެ ރިވިއުތަކާއި، ފިސްކަލް ތަޙުލީލުތައް ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މުރާޖަޢާކުރުން.
  2. ދައުލަތުގެ މާލީ ކަންކަމާއި، ބަޖެޓާއި، އަދި ދަރަންޏާ ގުޅޭ މައިގަނޑު މައުލޫމާތުތައް ބެލެހެއްޓުމާއި، އެ ތަފުސީލުތަކުގެ ސައްހަކަން ކަށަވަރުކުރުން؛ ނިޒާމުތައް (ސިސްޓަމްތައް) ބިނާކުރުމަށް ބޭނުންވާ މިންގަނޑުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި މަސައްކަތުގެ ތެރޭގައި ހުރި އުނިކަންކަން ދެނެގަނެ، ނިޒާމުތަކާއި މަސައްކަތް ކުރިއަށްދާ ގޮތް އިތުރަށް ހަރުދަނާކޮށް، ހިންގުން ހަލުވިކުރުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ހުށަހެޅުން
  3. މާލީ، އިގުތިސާދީ އަދި ދައުލަތުގެ ދަރަންޏާ ގުޅޭ ތަފާސްހިސާބުތައް ތަފާތު ފޯމެޓުތަކަށް ތައްޔާރުކޮށް އާންމުކުރުމާއި؛ އިދާރާގެ އެތެރެއިންނާއި ބޭރުގެ ފަރާތްތަކުން އެދޭ މިފަދަ މަޢުލޫމާތުތައް ފޯރުކޮށްދިނުން؛ އަދި GFSM 2014 / GFS ، COFOG ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ރިޕޯޓުކުރުމުގެ އޮނިގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކުރުން.
  4. ޕްރޮގްރާމްތަކަށް ބިނާކޮށް ބަޖެޓު ތައްޔާރުކުރުމުގެ އޮނިގަނޑުތައް ތަރައްޤީކުރުމަށް އެހީތެރިވުމާއި، މަސައްކަތުގެ ފެންވަރު ވަޒަންކުރާ މިންގަނޑުތަކާއި (KPIs) ނެރެވޭ ނަތީޖާތައް މުރާޖާކުރުން؛ މީގެ އިތުރުން ޕްރޮގްރާމްތަކުގެ ހިންގުން ދިރާސާކޮށް، އެ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ އަލީގައި ބަޖެޓު ވަޒަންކުރުމާއި ސިޔާސަތުތައް އެކުލަވައިލުމުގައި ލަފާދިނުން.
  5. ދައުލަތުގެ ފިސްކަލް ޕޮލިސީގެ ސަބަބުން އިޤްތިޞާދުގެ މުހިންމު ވޭރިއެބްލްސްތަކަށް އަންނާނޭ އިމްޕެކްޓްތައް އެނަލައިޒް ކުރުން. މިގޮތުން، އިންފްލޭޝަން، ކޮންސިއުމަރ ބިހޭވިއަރފަދަ ކަންތައްތަކަށް އަންނޭނެ އިމްޕެކްޓްތައް އެނަލައިޒް ކުރުން ހިމެނެއެވެ.
  6. ތަފާތު ފިސްކަލް ޕޮލިސީ ކޮމްޕޯނަންޓްސްތަކަށް ބަދަލު ގެނައުމުން އޯވަރޯލް ފިސްކަލް ޑައިނެމިކްސްއަށް އަންނާނޭ ބަދަލުތައް އެނަލައިޒް ކުރުން.
  7. ފިސްކަލް ޕޮލިސީ ތަންފީޒުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެނަލައިޒް ކުރުން.
  8. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ދައުލަތުގެ ބަޖެޓުފަދަ ފިސްކަލް ޕޮލިސީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެނަލިސިސްތައް ތައްޔާރުކުރުން.
  9. ޤައުމުގެ އިޤްތިޞާދަށް، އިންޓަރނަލް ނުވަތަ އެކްސްޓަރނަލް ސަބަބުތަކާހުރެ އަންނަ ބަދަލުގެ ސަބަބުން 'ފިސްކަލް ސްޓާންސް' އަދި ތަފާތު އެކިއެކި ފިސްކަލް ޕޮލިސީތަކަށް ގެންނަ ބަދަލުތަކުގެ އެނަލިސިސް ހެދުން.
  10. ދައުލަތުގެ ފިސްކަލް ޕޮލިސީގެ އޮނިގަނޑު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ފިސްކަލް ރޫލްސްތައް ރިވިއުކޮށް އެނަލިސިސް ހެދުން.
  11. ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް ތަޢާރަފު ކުރަންޖެހޭ އާ ރޫލްސްތަކާއި މިންގަނޑުތަކުގެ އިމްޕެކްޓް އެނަލިސިސް ހެދުން.
  12. ދައުލަތުގެ ފިސްކަލް ސަސްޓެއިނަބިލިޓީ އެނަލިސިސް ހެދުން.
  13. ދައުލަތުގެ 'ފިސްކަލް ހެލްތް' އަދި 'ފިސްކަލް ސްޕޭސް' މޮނިޓަރކޮށް، އެނަލައިޒް ކުރުމާއި އިތުރަށް ހަރުދަނާ ކުރެވޭނޭ ސިޔާސަތުތަކުގެ އެނަލިސިސް ހެދުން.
  14. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި   4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ

ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

  1. އެގްރި-ބިޒްނަސް އެންޑް އެޕްލައިޑް އިކޮނޮމިކްސް 
  2. އެގްރިބިޒްނަސް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް 
  3. އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް 
  4. އެގްރިކަލްޗަރަލް އެންޑް ރިސޯސް އިކޮނޮމިކްސް 
  5. އެގްރިކަލްޗަރަލް އިކޮނޮމިކްސް 
  6. އެގްރިކަލްޗަރަލް އިކޮނޮމިކްސް އެންޑް އެގްރިބިޒްނަސް 
  7. އެގްރި-ފުޑް އިކޮނޮމިކްސް އެންޑް ޓްރޭޑް 
  8. އެޕްލައިޑް އިކޮނޮމެޓްރިކްސް 
  9. އެޕްލައިޑް އިކޮނޮމެޓްރިކްސް އެންޑް ފޯކާސްޓިންގ 
  10. އެޕްލައިޑް އިކޮނޮމިކްސް 
  11. ބިހޭވިއަރަލް އިކޮނޮމިކްސް 
  12. ބިޒްނަސް އިކޮނޮމިކްސް 
  13. ކޮންސްޓްރަކްޝަން އިކޮނޮމިކްސް 
  14. ކޮންސްޓްރަކްޝަން އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް 
  15. ކޮންސްޓްރަކްޝަން އިކޮނޮމިކްސް އެންޑް ކުއަންޓިޓީ ސަރވެއިންގ 
  16. ކޮންސްޓްރަކްޝަން މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް 
  17. ޑިވެލޮޕްމެންޓަލް އިކޮނޮމިކްސް 
  18. އިކޮނޮމެޓްރިކްސް 
  19. އިކޮނޮމިކް އެނަލިޓިކްސް 
  20. އިކޮނޮމިކްސް 
  21. އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް 
  22. އިކޮނޮމިކްސް އެންޑް ބިޒްނަސް 
  23. އިކޮނޮމިކްސް އެންޑް ކޮމާރސް 
  24. އިކޮނޮމިކްސް އެންޑް ފައިނޭންސް 
  25. އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސް 
  26. އިކޮނޮމިކްސް އިންޖިނިއަރިންގ 
  27. އެޑިޔުކޭޝަން އިކޮނޮމިކްސް 
  28. އެނަރޖީ އިކޮނޮމިކްސް 
  29. އެންވަޔަރަންމަންޓަލް އިކޮނޮމިކްސް 
  30. ފައިނޭންޝަލް އެންޑް އިކޮނޮމިކް އިންޖިނިއަރިންގ 
  31. ފައިނޭންޝަލް އިކޮނޮމެޓްރިކްސް 
  32. ފައިނޭންޝަލް އިކޮނޮމިކްސް 
  33. ފިޝަރީޒް އިކޮނޮމިކްސް 
  34. ފުޑް އެންޑް ރިސޯސް އިކޮނޮމިކްސް 
  35. ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އެންޑް އިކޮނޮމިކްސް 
  36. ހެލްތު އިކޮނޮމިކްސް 
  37. އިންޑަސްޓްރިއަލް އިކޮނޮމިކްސް 
  38. ލޭބަރ އިކޮނޮމިކްސް 
  39. ލޭންޑް އިކޮނޮމިކްސް 
  40. ލޯ އެންޑް އިކޮނޮމިކްސް 
  41. މެރިން އިކޮނޮމިކްސް 
  42. މެރިޓައިމް އިކޮނޮމިކްސް 
  43. މެތަމެޓިކަލް އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް 
  44. މަނިޓަރީ އެންޑް ފައިނޭންޝަލް އިކޮނޮމިކްސް 
  45. ޕޮލިސީ އިކޮނޮމިކްސް 
  46. ޕަބްލިކް އިކޮނޮމިކްސް 
  47. ކުއަންޓަޓޭޓިވް އިކޮނޮމިކްސް 
  48. ރިއަލް އެސްޓޭޓް އިކޮނޮމިކްސް 
  49. ސޯޝަލް އިކޮނޮމިކްސް 
  50. ޓްރާންސްޕޯޓް އިކޮނޮމިކްސް 
  51. އަރބަން އެންޑް އިކޮނޮމިކް ޖޯގްރަފީ 
  52. އަރބަން އިކޮނޮމިކް ޑިވެލޮޕްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

- ރާއްޖޭގެ އިދާރާއެއްގައި ނުވަތަ ރާއްޖޭން ބޭރުގެ އިދާރާއެއްގައި ނުވަތަ ބައިނަލްއަގުވާމީ އިދާރާއެއްގައި އިކޮނޮމިކްސް ނުވަތަ އިކޮނޮމިކްސްގެ ސްޕެޝަލައިޒްޑް ދާއިރާއެއްގެ އިކޮނޮމިކްސް ރިސަރޗް ނުވަތަ އިވެލުއޭޝަން ފެންވަރުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖަނަވަރީ 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 04 ފެބުރުވަރީ 2026 އާއި 19 ފެބުރުވަރީ 2026 އާ ދެމެދު، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                      07 ޝަޢުބާން 1447
22 ޖަނަވަރީ 2026
ހޯދާ