ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"އައި.ވީ.އެފް" ގެ ފަރުވާތައް "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ

އިޢުލާން

"އައި.ވީ.އެފް" ގެ ފަރުވާތައް "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ

 

 "އައި.ވީ.އެފް" ގެ ފަރުވާ "ފަރޓިލިޓީ ކެއަރ ފަންޑް"  މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުގެ ދަށުން މި އެޖެންސީގެ ނަންބަރު (IUL)199-PLS/199/2025/129 އިޢުލާނުގައި ބަޔާންކޮށްފައިވާފަދައިން 20  ޑިސެންބަރު 2025 ގެ ނިޔަލަށް "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް 2025 ވަނަ އަހަރު 'އައި.ވީ.އެފް' ފަރުވާ ގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު މި އިޢުލާނާއެކު އާންމުކުރަމެވެ.   

2025 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ 50 ދެމަފިރިންނަށް ކަމުން، 20 ޑިސެންބަރު 2025 ގެ ނިޔަލަށް ފޯމު ހުށަހެޅުއްވި 135 ފަރާތްތަކުގެ ތެރެއިން އިސްވެދެންނެވި އުސޫލުގެ ދަށުން އެހީއަށް ޝަރުތުހަމަވެފައިވާ 39 ފަރާތަށް، އެހީ ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 10 ފެބުރުވަރީ 2026 ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ޙިއްސާކުރުމާގުޅޭގޮތުން މި އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމުގައި ދަންނަވަމެވެ.

 

އަދި މި ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2026 ގެ 14:00 ގެ ކުރިން  https://one.gov.mv ޕޯރޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. މި މުއްދަތު ގެ ނިޔަލަށް ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކުގެ ޝަކުވާތަކަށް ރިޢާޔަތްކޮށް، ބަދަލު ގެންނަންޖެހޭކަމުގައި ވާނަމަ، މުރާޖަޢާ ކުރެވިފައިވާ ދާއިމީ ލިސްޓު 01 ފެބުރުވަރީ 2026 ގައި ޝާއިޢުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

2 ޝަޢުބާން   1447

21 ޖަނަވަރީ  2026

21 ޖަނަވަރީ 2026
ހޯދާ