މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް މަދަހަ މުބާރާތް 1447 އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދުމާއި ގުޅޭ

އިޢުލާން

މިކައުންސިލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ 'ކައުންސިލް މަދަހަ މުބާރާތް – 1447'  މި އަހަރުގެ ރަމަޟާންމަހު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މަދަހަ މުބާރާތުގައި އިންސާފުކޮށް ފަނޑިޔާރުކަން ކޮށްދޭނެ 3 (ތިނެއް) ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތުތައް:

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  •  މިޔުޒިކް، ޕަރފޯމެންސް އާރޓް ނުވަތަ ކިޔަވައި ދިނުމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ އިން މަތީ ސެޓްފިކެޓެއް ހާސިލްކުރައްވާފައިވުން.
  • މަދަހަ ކިޔުމުގެ ފަންނުހުރި ފަރާތްތަކެއްކަމުގައިވުން.
  • ފަނޑިޔާރުންގެ ގޮތުގައި ހިމެނޭ ފަތާތްތަކަކީ މުބާރާތަށް މަދަހަ ހުށަހަޅާ އެއްވެސް ބައިވެރިއަކަށް ތަމްރީންކޮށްދެއްވާ ފަރާތެއްކަމުގައި ނުވުން.
  • މުބާރާތުގެ ބައިވެރިއަކާއި އާއިލީ ގުޅުމެއްއޮތް ފަރާތެއްކަމުގައި ނުވުން.

      ފަނޑިޔާރުން ހޮވުމުގައި ލިބިފައިވާ ތަޖުރިބާއަށާއި މިރޮނގުން އެންމެމަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖެނުއަރީ 26 ގެ 13:00 ކުރިން  ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް https://forms.gle/bh5C4CEHdBvDwGAH9 މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ 11:00 ކުރިން މިކައުންސިލްގެ [email protected] އަށް ބޭނުންފުޅުވެލައްވާ މަޢުލޫމާތުގެ ތަފްޞީލް ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ކެއުމާއި، ހުރުން އަދި ދަތުރުގެ ޚަރަދު ހިމެނޭގޮތަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 ޖެނުއަރީ 29 ވަނަ ދުވަހުގެ 13:45 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ސީޓީއުރައިގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުޅުވުން އޮންނާނީ ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

 

21 ޖަނަވަރީ 2026
ހޯދާ