ދިވެހިރާއްޖެ
ހއ. ބާރަށުން ދިރިއުޅުމަށްޓަކައި 12 ސެޕްޓެމްބަރ 2024 ގައި ދޫކުރި ބަންޑާރަ ގޯތި ތަކާއި ގުޅިފައިވާ މަގުތަކަށް އަރާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ކުރި ނަންބަރު އިޢުލާން (IUL)257-ESM/257/2026/4 (05 ޖަނަވަރީ 2026) އަދި (IUL)257-ESM/257/2026/7 (06 ޖަނަވަރީ 2026) އާއި ހަވާލާދީ ދަންނަވަމެވެ.
ރުއްގަހުގެ ވެރިން ނަންނޯޓްކުރުމަށް ދެވިފައިވާ މުއްދަތު ހަމަވެފައި ވުމާއިއެކު، އިތުރަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ނަން ނޯޓް ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 22 ޖަނަވަރީ 2026 ވަނަދުވަހުގެ 13:00 ގެ ނިޔަލަށެވެ. މިހާރު ރުއްގަހުގެ މައުލޫމާތު މި އިދާރާއާ ހިއްސާކޮށްފައިނުވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން އިތުރު ފުރުސަތު ދެވެން ނޯންނާނެ ވާހަކަ މައުލޫމާތަށް ޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
