މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ކޫކް - އޮޕަރޭޝަންސް ޑިޕާރޓްމަންޓް ޖަޒީރާ 105 / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ ކޫކް

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އޮޕަރޭޝަންސް ޑިޕާރޓްމަންޓް ޖަޒީރާ 105 / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

  6,350.00   ރުފިޔާ

އިތުރު ޢިނާޔަތްތައް:

-  ސާރވިސް އެލަވަންސް: 4،445.00 ރުފިޔާ  (ބޭސިކް މުސާރައިގެ %70)

-  ހާޑްޝިޕް އެލަވަންސް: 3،175.00 ރުފިޔާ ( ބޭސިކް މުސާރައިގެ %50)

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި 01 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ސިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

ބޯޓުގައި މަސައްކަތް ކުރުމަށް ރާވާފައިވާ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިއުން.

އަމިއްލަ ސާފްތާހިރުކަމަށް އިސްކަން ދިނުމާއި، ކާތަނާއި، ދަށިދޮންނަތަނާއި، ބަދިގެތެރެ އަދި މަސްކަނޑާތަން ސާފްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.

ކައްކަންބޭނުނުންވާ ތަކެތި ހޯދައި، ހުސްވުމުގެ ކުރިން އެކަން ބޯޓު އިންޗާރޖަށް އެންގުން.

ކެއްކުމުގައި އެހީތެރިވުމާއި، ކައްކާފައިހުންނަ ކާއެއްޗިހި މުވައްޒަފުން ކެއުމަށް ނެރުމުގެ ކުރިން ރަހަ ހެޔޮވަރުތޯބަލައި ޗެކްކުރުން.

މުވައްޒަފުން ކެއުމަށް ތައްޔާރުކުރެވޭ ކާތަކެތި ތައްޔާރުކުރެވިފަހުރީ އެންމެ ރަނގަޅަށްތޯބަލައި ޗެކްކުރުމާއި ބާކީނުވާނެ ފަދަ ގޮތަކަށް ކައްކާއެއްޗިހި ތައްޔާރުކުރުން.

ކޮންމެ ދުވަހަކުވެސް ފުޑް ނެގުމާއި، ކެއްކުމުގައި، ވީހާވެސް ޚަރަދު ކުޑަކުރެވޭނެ ގޮތަކަށް ޢަމަލުތައް ބެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

ރ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ ީ 29 ޖެނުއަރީ 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.އީމެއިލް ކުރައްވާނީ    

 

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެ

 

 

21 ޖަނަވަރީ 2026
ހޯދާ