ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ 01 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

 

އިޢުލާން

ތާރީޚް: 21 ޖެނުއަރީ 2026

ނަންބަރ: (IUL)327-A/327/2026/11

              ބިޑުކޮމެޓީގެ ނިންމުން ޢާންމުކުރުން      

                        

ތިރީގައި އެވަނީ 21 ޖެނުއަރީ 2026 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2026 ވަނަ އަހަރުގެ 01 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

  1. ނައިފަރު ކައުންސިލަށް ސައުންޑް އިކުއިމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2025/254 އިޢުލާނާއި ގުޅިގެން، އަގު ލިބިފައި ވަނީ އެއްފަރާތުން އަތުންކަމާ އަދި އަގުހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެވޯޑުކުރަން ނުފެންނަކްމަށް ނިންމުން.

 

  1. 2ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް މަސްޖިދުލް ޙާދީގެ މަރާމާތު މަސައްކަތް ކުރާނޭ ހޯދުމަށް ކުރެވުނު ނަންބަރު  (IUL)327-A/327/2026/3 އިޢުލާނާއި ގުޅިގެން، އމި ބީލަމަށް އަގު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމުން، މިފަރާތުން ހުށަހަޅަފައިވާ އަގަކީ އެކަށީގެންވާ އަގެއްތޯ ޗެކްކުރުމަށްފަހު، އަލުން ބިޑް ކޮމެޓީއަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމުން.

 

  1. ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް މަސްޖިދުއް ތަޤުވާގެ ގޯތިތެރޭގައި ގާ އަތުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)327-A/327/2026/4 އިޢުލާނާއި ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ރިކަމެންޑޭޝަންއާއި އެއްގޮތަށް Teqvia Construction އަށް މިބީލަން އެވަރޑް ކުރަން ފެންނަކަމަށް ނިންމުން.

 

  1. ޖަލްސާގެ ޔަޢުމިއްޔާ ފާސްކުރުން.
21 ޖަނަވަރީ 2026
ހޯދާ