ދިވެހިރާއްޖެ
އޭދަފުށީ މަސްޖިދުއްސުލްޠާން މުޙައްމަދު މުޢީނުއްދީނު މިސްކިތުގެ ބޭރު ފެންޑާ، އަދި 02 ފެންގޭގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަންބަރު: IUL)320-FNP/320/2015/46)ފ(12 އޮކްޓޫބަރު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
އޭދަފުށީ މަސްޖިދުއްސުލްޠާނު މުޙައްމަދު މުއީނުއްދީނު މިސްކިތުގެ ބޭރު ފެންޑާ، އަދި 02 ފެންގޭގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
ޕްރޮޕޯޒަލް ހުށަހެޅުން |
2015 ޑިސެންބަރު 01 (އަންގާރަ) ދުވަހުގެ 11:00 އަށް. |
2015 ޑިސެންބަރު 13 (އާދީއްތަ) ދުވަހުގެ 13:00 އަށް. |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާއެކުގައެވެ. ކުންފުންޏަކުންނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޞަފަރު 1437