މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ބަހިއްޔާ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ

2016 ވަނަ އަހަރު އޭދަފުށީ ބަހިއްޔާ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ:

2016 ވަނަ އަހަރު އޭދަފުށީ ބަހިއްޔާ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ޕްރޮޕޯޒަލް ހުށަހެޅުން

2015 ޑިސެންބަރު 03 (ބުރާސްފަތި) ދުވަހުގެ 11:00 އަށް.

2015 ޑިސެންބަރު 17 (ބުރާސްފަތި) ދުވަހުގެ 13:00 އަށް.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިއުމަކާއެކުގައެވެ. ކުންފުންޏަކުންނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޞަފަރު 1437

23 ނޮވެންބަރު 2015
ހޯދާ